މަޔޯކާ އަދި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗްްގެ ތެރެއިން

ކުޅިވަރު

ރެއާލް މެޑްރިޑުން އެ ޓީމުގެ ރިކޯޑް ދަމަހައްޓައި ތާވަލުގެ ކުރީގައި

ދާނިޝް - ޔޫރަޕް | 13 ސެޕްޓެންބަރ 2022 , އަންގާރަ 08:47   408

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މަޔޯކާ ބަލިކޮށް އެ ޓީމުން މި ސީޒަނުގައި ދަމަހައްޓަމުން އަންނަ ރިކޯޑް ދިފާއުކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި ވާދަވެރި މެޗް ރެއާލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ވެސް މޮޅުވެ، އެޓީމް ވަނީ ތާވަލުގެ އެންމެ ކުރީގައެވެ.

މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މެޗްގެ 35 ވަނަ މިނިޓުގައި ވެދާތު މުރީގީ ކާމިޔާބުކޮށްދިން ލަނޑާއި އެކު މެޗްގެ ލީޑު ނެގީ މަޔޯކާއިންނެވެ. މި ލީޑު މާ ގިނަ އިރަކަށް މަޔޯކާއަށް ދެމެހެއްޓިފައެއް ނުވެއެވެ. ފެޑެރިކޯ ވަލްވަރޑޭ ކާމިޔާބުކޮށްދިން ލަނޑާއި އެކު ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުނެ ފެށިގެން މެޗްގެ 72 ވަނަ މިނެޓްގައި ވިނިޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިން ލަނޑާއި އެކު ރެއާލުން މެޗްގެ ލީޑު ނެގިއެވެ. ރެއާލްގެ ތިންވަނަ ލަނޑު މެޗްގެ ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަހާދިނީ ރޮޑްރިގޯއެވެ.

އަދި ފަހު ލަނޑު މެޗްގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ޖަހާދިނީ އެންޓޯނިއޯ ރުޑިގަރއެވެ. މި ކާމިޔާބީއާއެކު ރެއާލަށް މިހާރު މިވަނީ ކުޅުނު ފަސް މެޗްވެސް ކާމިޔާބުކޮށް ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މަޔޯކާ އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.

މިމެޗުގައި ރެއާލްގެ ތިން ކުޅުންތެރިއަކަށް ރީނދޫކާޑު ދައްކާފައިރު، މަޔޯކާގެ ފަސްކުޅުންތެރިއަކަށް ރީނދޫކާޑު ދައްކާފައިވެއެވެ.

ޓެގްސް: ރެއަލް މެޑްރިޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.