މާލޭގެ މަގެއްގައި ބަޔަކު މަޑުކޮށްލައިގެން، 25ވަނަ ދުވަހާއި ހަމައަށް ބޯހިމެނުން ކުރިއަށްދާއިރު، ބޯހިމެނުމަކީ ޤައުމީ މުހިއްމު މަސައްކަތެއް.

ހަބަރު

މުޅި ރާއްޖޭގައި، މިއަދު 9 އަކުން ފެށިގެން ބޯހިމެނުން ކުރިއަށް ދާނެ

ދާނިޝް - އައްޑޫ އަތޮޅު | 13 ސެޕްޓެންބަރ 2022 , އަންގާރަ 08:23   233

ބޯހިމެނުމަކީ ކޮންމެ ދިހަ އަހަރަކުން އެއްއަހަރު ރާއްޖޭގެ އާބާދީއާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ ސާރވޭއެކެވެ. އަދި މިއަހަރުގެ ސަރވޭގައި ކުރިން ސާރވޭތަކާއި ހިލާފަށް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް މަޢުލޫމާތު އެއްކުރުންވެސް ކުރިއަށްދާނެކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މައުލޫމާތު ދެއްވައެވެ.

ސާރވޭއަށް ބޭނުންވާ މައުލޫމާތާއި ތަންތަނުގެ ލިސްޓުތައް އެކުލަވާލުމުގެ މަސައްކަތް މިއަދު ފެށުނު އިރު މި މަސައްކަތް 25 ސެޕްޓެމްބަރު ވާ ބުދަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.

ހަމައެއާއިއެކު މި މަސައްކަތުގައި ހަރަކާތްތެރިވާ ޓީމްތަކުން ގޭގެއާއި މަސައްކަތްތައް ހިންގާ ތަންތަނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގައި އެންމެހައި ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމަށް އެދި ސްޓެޓްސް ބިއުރޯއިން ވަނީ އެދިފައެވެ. އެގޮތުން ގޭގެއާއި އަދި މަސައްކަތް ހިނގާ ތަންތަނަކީ ކޮބައިކަން އެނގޭނެފަދަ ގޮތަކަށް ނަން ބޯޑު ހަރުކުރުމާއި ބައިބަޔަށް ހުންނަ ތަންތަނުގައި، އެޕަރޓްމަންޓް ނަންބަރު އިނގޭނެހެން ބެހެއްޓުމަށްވަނީ އެދިފައެވެ. މީގެ އިތުރުން ތަޅުލާފައި ހުންނަ އިމާރާތްތަކަށް ވަނުމަށް މަގު ފަހިކޮށްދިނުމާއި ގޭބިސީތަކާ މަސައްކަތް ހިންގާ ތަންތަނުގެ އިސް މީހުންނާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދިނުމަށްވެސް ސްޓޭޓް ބިއުރޯއިން ވަނީ އެދިފައެވެ.

ބޯހިމެނުމާ ގުޅުންހުރި މަސައްކަތްތައް މިއަދުން ފަށައިގެން، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޓެގްސް: ތަފާސްހިސާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.