ޔޫކްރޭނުން ސެޕްޓެމްބަރު މަހު 6000 އަކަ ކިލޯމީޓަރު އަލުން ނަގައިފި- ޒެލެންސްކީ

ހަބަރު

ޔޫކްރޭނުން ސެޕްޓެމްބަރު މަހު 6000 އަކަ ކިލޯމީޓަރު އަނބުރާ އަލުން ހޯދައިފި

ޒަހީން ޠާލިބް - އައްޑޫ އަތޮޅު | 16 ސެޕްޓެންބަރ 2022 , ހުކުރު 08:23   330

ޔޫކްރޭންގެ ސިފައިން ރަޝިޔާގެ ޙަމަލާތައް ދިފާޢު ކުރަމުން ކިރިއަށްދާއިރު އިތުރު ސަރަހައްދެއް ރަޝިޔާގެ އަތުން އަނބުރާ ހޯދިފައިވާކަމަށް އެގައުމުގެ ރައީސް ވުލާމިއަރ ޒެލެންސްކީ ވިދާޅުވިއެވެ.

އެގޮތުން ރަޝިޔާއިން ވަނީ އިރުއުތުރުގެ ޚާރކިވް ސަރަހައްދުގެ މުހިއްމު ސިޓީތައް ގެއްލުނު ކަމަށް މީގެކުރިން އެއްބަސްވެފަ އެވެ.

ހޯމަ ދުވަހުގެ ވާހަކަ ދެއްކެމުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ވިދާޅުވީ ޔޫކްރޭންގެ ސިފައިންނަށް ކައުންޓަރ އޮފެންސިވްގައި "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށާއި ނަމަވެސް ނަތީޖާ ލަފާކުރަން އަދި މާ އަވަސް ކަމަށެވެ.

ރަޝިޔާއިން ޔޫކްރޭނުގައި ގަދަބާރުން ބެލެހެއްޓުމުގެ އިތުރުން ސާމާނާއި ހަތިޔާރާއި ވަޒަންތައް ގެންގުޅެއެވެ. އެމީހުން ކުރިއަށް ގެންދަނީ ހަމައެކަނި ޔޫކްރޭންގެ ހަތިޔާރު އެޅި ސިފައިންނާ ދެކޮޅަށް ނޫން ކަމަށާއި އާންމުންނާއި މަދަނީ އިންފްރާސްޓްރަކްޗާއާ ދެކޮޅަށް ތަފާތުކުރުމެއް ނެތި ހަމަލާތައްދެމުންނެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ 24 ފެބްރުއަރީގައި ޔޫކްރޭނަށް ފުރިހަމައަށް އަރައިގަތުމަށް އަމުރު ކުރައްވާފައެވެ. ރަޝިޔާގައި އަދިވެސް އެގައުމުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހިފަހައްޓާފައިވެ އެވެ.

ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައިވާ ސިޓީ ސާފުކުރުމުގެ މަސައްކަތް މިހާރު ޔޫކްރޭނުން ކުރަމުންދާއިރު، ޔޫކްރޭންގެ ސިފައިން ދަނީ މީހުންގެ ގެތަކުގައި ފިލައިގެން ތިބެދާނެ ރަޝިޔާގެ ސިފައިން ހޯދަމުންނެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.