އީރާނުގެ އަސްކަރީ ފަރިތަކުރުން ތަކުގެ ތެރެއިން

ހަބަރު

ތެލް އަވީވްއަށް ހަމަލާދެވޭނެ ގާބިލުކަން އީރާނުގެ އަސްކަރިއްޔާގައި ހުރިކަމަށް އެ ގައުމުން ހާމަކޮށްފި

ދާނިޝް - މެދުއިރުމަތި | 14 ސެޕްޓެންބަރ 2022 , ބުދަ 07:29   314

އީރާނުގެ އަސްކަރިއްޔާގައި އިޒްރޭލުގެ ވެރިރަށް ތެލް އަވީވްއަށް ހަމަލާދެވޭވަރުގެ ގާބިލިއްޔަތުކަން ހުރިކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

އީރާނުން ބުނީ ތެލް އަވީވްގެ އިތުރުން އިޒްރޭލުގެ ޚައިފާއަށް ވެސް ދަތިކަމެއް ނެތި މިހާރު ޑޮރޯން ހަމަލާ ދެވޭނެ ކަމަށެވެ. ބައިނަލްއަގްވާމީ މީޑީއާ ތަކުން މައުލޫމާތުދޭ ގޮތުގައި އީރާނުން އަލަށް އުފެއްދި ޑްރޯން، އަރާޝް-2 އަކީ އަރާޝް-1 އަށް ވުރެ ގާބިލު އަދި އަމާޒު ހޯދައި ހަމަލާ ދެވޭ ފެންވަރުގެ ޑްރޯނެކެވެ. މިއާއިއެކު މި ޑްރޯންގެ އަޖުމަ ބަލައި ޑްރޯން ބޭނުންކުރަން ހުއްދަ ދޭއިރަށް ޑްރޯން ބޭނުންކުރާނެ ކަމަށްވެސް އީރާނުން ބުނެއެވެ.

އިޒްރޭލާއި އީރާންގެ ހާރިޖީ ގުޅުމަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރައިފައެވެ. ހަމަ އެއާއިއެކު ދެ ގައުމުގެ ދެމެދު އަންނަނީ ވަރުގަދަ ބަހުގެ ހަމަލާތައްވެސް ބަދަލުކުރަމުންނެވެ. އިޒްރޭލުން ބުނާ ގޮތުން އީރާން ފަނާކޮށްލުމުގެ ފެނަވަރު މިވަގުތުވެސް އެ ގައުމުގެ އަސްކަރިއްޔާގައި ވެއެވެ. އަދި އިޒްރޭލާ ކުޅެލުމުގެ އެއްވެސް ޖާގައެއް އީރާނަށް ނޯންނާނެކަމަށްވެސް އިޒްރޭލުން ދަނީ ބުނަމުންނެވެ.

ޓެގްސް: އީރާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.