ލިވަޕޫލާއި އަޔަކްސް ބައްދަލުކުރި މެޗްގެ ތެރެއިން

ހަބަރު

އަޔަކްސްއާ ދެކޮޅަށް ބައްދަލު ކުރި މެޗް ލިވަޕޫލުން ކާމިޔާބުކޮށްފި

ދާނިޝް - އައްޑޫ އަތޮޅު | 15 ސެޕްޓެންބަރ 2022 , ބުރާސްފަތި 14:11   284

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި އަޔަކްސްއާ ދެކޮޅަށް ކުޅުނު މެޗް ލިވަޕޫލުން 1-2 ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗްގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހަންމަދު ސަލާހެވެ. ނަމަވެސް ލިވަޕޫލަށް މެޗުގެ ލީޑު ދެމެހެއްޓުނީ އެންމެ 10 މިނިޓަށެވެ. އަޔެކްސްގެ މުހަންމަދު ކުޑޫސް ޖަހާދިން ލަނޑުން މެޗްގެ ނަތީޖާ ވަނީ ހަމަހަމަވެގެން ދިޔައެވެ.

މި ލަނޑާއި އެކު ދެޓީމުގެ ކުޅުން އިތުރަށް ފޯރިގަދަވެގެން ދިޔައެވެ. އަދި ދެ ޓީމުންވެސް އަނެއް ޓީމުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. ދެ ޓީމު އެއްވަރުވެގެން މެޗް ނިމެން ދަނިކޮށް މެޗްގެ އެންމެ ފަހު މިނިޓުގައި ގޯލެއް ކާމިޔާބުކޮށް ލިވަޕޫލަށް މެޗް ކާމިޔާބުކޮށްދިނީ ޖޮއެލް މަޓިޕްއެވެ.

މިކާމިޔާބީ އާއެކު ލިވަޕޫލަށްމިވަނީ މިފަހަރުގެ މުބާރާތުގައި ފުރަތަމަ މެޗުން މޮޅުވެފައެވެ. އަދި އަޔެކްސް މި ނާކާމިޔާބީއާއެކު މިހާރުވަނީ ގްރޫޕް އޭގެ ތިންވަނައަށް ފަހަތަށް ޖެހިލާފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.