މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުންނަ އޮފީސް ޢިމާރާތުގެ ބޭރުން

ހަބަރު

ޓެކްސް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި

ދާނިޝް - އައްޑޫ އަތޮޅު | 14 ސެޕްޓެންބަރ 2022 , ބުދަ 21:34   255

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މި އިސްލާހަކީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ހުށަހެޅުނު އިސްލާހެކެވެ. ހަމައެއާއި އެކު ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ހުށަހެޅުނު އިސްލާހުގައި ވާގޮތުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޔޮޓް ބަނދަރުތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ވިއްކާ މުދަލާއި ހިދުމަތުން ޖެނުއަރީ 1، 2023 އިން ފެށިގެން 16 އިންސައްތައިގައި ޓީޖީއެސްޓީ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖެނުއަރީ 1، 2023 އިން ފެށިގެން ޖީއެސްޓީ، 8 އިންސައްތައިގައި ނެގުމަށް ވެސް އިސްލާހުގެނެވިފައި ވެއެވެ.

ޓެގްސް: މީރާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.