1143 ވަނަ އަހަރުގެ ޤައުމީދުވަހުގެ ޙަފްލާގެތެރެއިން.

ހަބަރު

ގައުމީ ދުވަސް ފާހަގަކުރުން، ސެޕްޓެމްބަރު 26 ގައި ހއ. އުތީމުގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ސެޕްޓެންބަރ 2022 , ހޮނިހިރު 07:51   414

ކޮންމެ އަހަރެއްގެ ވެސް ޤައުމީ ދުވަސް ފާހަގަކުރަނީ ރަބީޢުލް އައްވަލުމަހުގެ 1 ވަނަ ދުވަހުއެވެ. އެހެންކަމުން މިއަހަރުގެ ޤައުމީދުވަސް ދިމާވަނީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާއެވެ. އެއީ ކުރިއަށް އޮތް ހަފްތާގެ ހޯމަ ދުވަހެވެ.

ސަރުކާރުން ވަނީ މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޙަރަކާތްތައް ހއ. އުތީމުގައި ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް ޤައުމީ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ އޮކްޓޯބަރުމަހު މާލޭގައެވެ.

ގައުމީ ދުވަސް ފާހަގަ ކުރަނީ، މީލާދީން 1573 ވަނަ އަހަރު، ބޮޑުތަކުރުފާނު ނުވަތަ އައްސުލްތާނު މުހައްމަދު ތަކުރުފާނުލް އަޢުޒަމް, ޕޯޗްގީޒުން (ހޮޅިން) ނާއިދެކޮޅަށް ކުރެއްވި އަގުހުރި ޤައުމީ ޖިހާދާއި ހޯއްދެވި ނަސްރާޢި ގުޅުވައިގެންނެވެ. ހޮޅިން އެންމެ ފުރަތަމަ ރާއްޖެއަރާ ދިވެހިންގެ ތެރެއިން ބަޔަކު ޝަހީދުކުރީ 1558 ވަނައަހަރުއެވެ. ބޮޑު ތަކުރުފާނަކީ ހއ. އުތީމަށް ނިސްބަތްވާ ބޭފުޅެކެވެ.

ޓެގްސް: ރަސްމީ ބަންދު ދުވަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.