ރޮޖާ ފެޑެރާ

ހަބަރު

ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ރިޓަޔާވާން ނިންމައިފި

ދާނިޝް - އައްޑޫ އަތޮޅު | 18 ސެޕްޓެންބަރ 2022 , އާދީއްތަ 08:33   262

އުމުރުން 41 އަހަރުވީ ސްވިޓްޒްލަންޑަށް ނިސްބަތްވާ ދުނިޔޭގެ ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ރިޓަޔާވާން ނިންމައިފިކަން އިއުލާނުކޮށްފިއެވެ.

އޭނާ ބުނި ގޮތުގައި ވޭތުވެދިޔަ 24 އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް ވަނީ 1500 އަށްވުރެ ގިނަ މެޗްގައި ކުޅެވިފައި ކަމުގައެވެ. މިއާއިއެކު ފަހަކަށް އައިސް އޭނާގެ ހަށިގަނޑުވެސް ބުނަމުން އަންނަނީ ކުޅުން ހުއްޓާލަންވި ވަގުތު ކައިވެރި ވެފައިވާ ކަމުގައި ކަމަށް އޭނާ ބުންޏެވެ. އިތުރަށް ފެޑެރާ ބުނި ގޮތުގައި ކުޅުން ހުއްޓާލި ނަމަވެސް މި ކުޅިވަރާއި އޭނާ ދުރަށް ނުދާނެއެވެ. އަދި ކޮންމެވެސް ސިފައެއްގައި ކުޅުވަރުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން އޭނާވަނީ ދީފައެވެ. ފެޑެރާ އަކީ ގްރޭން ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.

ނަމަވެސް އޭނާ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގައެވެ. އެއަށްފަހު އަނިޔާ އާއި ގުޅިގެން މުބާރާތެއްގައި ވާދަނުކޮށް ހުރެ މިމަހު ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލެވާ ކަޕް ޓެނިސް މުބާރާތުގައި އޭނާ ވަނީ ބައިވެރިވެފައެވެ. އަދި އޭނާ ރިޓަޔާ ވާން ނިންމައިފައި ވަނީވެސް މި މުބާރާތައް ފަހުގައެވެ.

މިއީ ދިރުވާލަން ހިތި އެހެން ނަމަވެސް ހިތްހަމަ ޖެހޭ ނިންމުމެން ކަމަށްވެސް ފެޑެރާ ވަނީ ހާމަކޮށްފައެވެ. އަދި އޭނާގެ ކެރިއަރގައި މިހޯދުނު ކާމިޔާބީއަށް ޓަކައި އޭނާގެ އާއިލާ އާއި ސަޕޯޓް ޓީމްގެ އިތުރުން އޭނާ އާއި އިދިކޮޅަށް މިވީތާންގައި ކުޅެފައިވާ ކުޅުންތެރިންނަށްވެސް އޭނާ ވަނީ ޝުކުރު އަދައިކޮށްފައެވެ.

ޓެގްސް: ސްރީލަންކާ ޓެނިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.