މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ އައިކޯނިކް ޓްވިންޓަވަރު

ހަބަރު

ނިމިދިޔަ ހަފްތާއިން ފެށިގެން، ދިވެހި ލައިސެންސް މެލޭޝިއާގައި ބޭނުންކުރެވޭނެ

އަލީ އަޒްޔަން - މެލޭޝިޔާ | 17 ސެޕްޓެންބަރ 2022 , ހޮނިހިރު 12:21   417

މެލޭޝިއާ އަކީ ދިވެހިން އެކި ބޭނުންތަކުގައި ގިނައިން ގޮސް އުޅޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއްޤައުމެވެ. ދިވެހި ސަރުކާރުން، ރާއްޖޭގައި ބޭނުންކުރަމުން އަންނަ އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ (ލައިސެންސް) އެޤައުމުގައި އިތުރު ލިޔުމަކާއި ނުލައި ބޭނުންކުރެވޭގޮތަށް ހެދުމަށް މަސައްކަތްކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ.

ދިވެހި ސަރުކާރަށް، މެލޭޝިއާ ސަރުކާރާއިއެކު ފުރަތަމަ ފަހަރަށް މިކަމާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވުނީ މިދިޔަ އޯގަސްޓްމަހުގެ 12 ވަނަ ދުވަހުއެވެ. މި އެއްބަސްމުވުގައި ސޮއިކުރެއްވީ، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގައި، ރާއްޖޭގެ ފަރާތުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންގްއާއެވެ.

އެއްބަސްވުމުގައި ސޮއިކުރިތާ މަހެއްހާ ދުވަސް ފަހުން، ނިމިދިޔަ ހަފްތާތެރޭގައި އެޤައުމުން ވަނީ އެއެއްބަސްވުމަށް ޢަމަލުކުރަންވެސް ފަށާފައެވެ.

ޓްރާންޕޯޓް މިނިސްޓްރީއިން ބުނެފައިވަނީ، ދިވެހި ލައިސެންސް ބޭނުންކޮށްގެން، މިހާރު އިތުރު ލިޔުމަކާއި ނުލައި ދިވެހިންނަށް އެއްގަމު އެއްގަމު އުޅަނދު ދުއްވޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެޤައުމުގެ ގުޅުން ބަދަހިވެ އެތަނަށްދާ ދިވެހިންނަށް އިތުރެއް ލުޔެއް ލިބިގެންދާނެކަމެއް ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް، ޓްރާންސްޕޯޓް މިނިސްޓްރީ އިން، މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައިވެއެވެ.

ޓެގްސް: މެލޭޝިއާ ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.