ފުކުއޯކާ ބަނދަރު ސިޓީ ތޫފާނުގެ މިސްރާބުގައި އޮވެދާނެކަމަށް ކަމާއިބެހޭ އިދާރާތަކުން ބުނެފި

ހަބަރު

ތޫފާން 'ނަންމަޑޯލް' ޖަޕާނަށް ކައިރިކޮށް ގެންލުންވާނެކަމުގެ ބިރުބޮޑުވެއްޖެ

ޒައިން ޠާލިބް - އޭޝިއާ | 18 ސެޕްޓެންބަރ 2022 , އާދީއްތަ 12:23   283

ގާތްވަމުން އަންނަ ތޫފާނެއްގެ ސަބަބުން ކުރިން ނުފެންނަ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޖަޕާނުމޫސުމާއި ބެހޭ އިދާރާތަކުން ދީފިއެވެ. އަދި މިނުރައްކަލުގައި، ލައްކައެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކިޔުޝޫ ޖަޒީރާއަށް އަންނަ އާދީއްތަ ދުވަހު ތޫފާން ނަންމަޑޯލް ގެ އަސަރު ކުރާނެކަމަށް ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ. ގަޑިއަކު 270 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް އެންމެ 24 ގަޑިއިރުގެ ތެރޭގައި 500 މިލިމީޓަރު ވާރޭ ވެހޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކިއުޝޫއަށް ސްޕެޝަލް އެލާޓް އެއް ނެރެފައިވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. މިހެންކަމުން ރޭލު ދަތުރުތައްވެސް ވަނީ ކެންސަލް ކޮށްފި އެވެ.

ކިއުޝޫ އަކީ ޖަޕާނުގެ މައި ޖަޒީރާ އެކުލެވޭ ހަތަރު ޖަޒީރާގެ ތެރެއިން އެންމެ ދެކުނުގައި އޮންނަ ޖަޒީރާރަށެވެ. އާބާދީގައި 13 މިލިއަނަށް ވުރެ ގިނަ މީހުން އެތަނުގައި ދިރިއުޅެއެވެ.

ތޫފާން ބިންމައްޗަށް އެރުމާއެކު އިރު-އުތުރަށް އެނބުރި މެދުތެރޭ ޖަޕާން ތެރެއިން ޓޯކިޔޯއާ ދިމާއަށް ތޫފާން މައްޗަށް އަންނާނެ ކަމަށް ބެލެވެ އެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާގެ އޮފިޝަލަކު ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "މީގެ ކުރިން ނުފެންނަ ތޫފާންތަކާއި، އުސް ރާޅުތަކާއި، ތޫފާން އުފުލުމާއި، ރެކޯޑް އަދަދަކަށް ވާރޭވެހުމުގެ ނުރައްކާ އެބައޮތް" ކަމަށެވެ. ނަންމަޑޯލް، އޮފިޝަލް އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު 14 މީހުން މަރުވި ތޫފާން ޖެބީ އާއި 2019 ވަނަ އަހަރު ގިނަ ސަރަޙައްދުތަކަކުން ކަރަންޓް ކަނޑާލި ތޫފާން ހަގިބިސް އަށް ވުރެ ވެސް ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަދި ޚާއްސަކޮށް ދެކުނު ކިޔޫޝޫގެ ބައެއް ގެތައް ވެއްޓުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދީ، ވަރުގަދަ އިމާރާތްތަކުން ހިމާޔަތް ހޯދުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ޓެގްސް: ޖަޕާން ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.