ކޮވިޑްގެ ފަހުން އައްޑޫގައި ބޭއްވުނު އެންމެ ގިނައިން ބައިވެރިން ބައިވެރިވި ޙަރަކާތުގެ ގޮތުގައި ފާހަގަ ކުރެވޭ މިޙަރަކާތުގައި އެކި ޢުމުރުފުރައިގެ 1000 އެއްހާ ބައިވެރިން ބައިވެރިވި

ހަބަރު

ފޭދޫ ސްކޫލަށް 50 އަހަރު، ހާހެއް މީހުންނާއި އެކު ރަން-50 ކުލަގަދަކޮށް ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 18 ސެޕްޓެންބަރ 2022 , އާދީއްތަ 10:37   939

ޒަމާނީ ތަޢުލީމު ފޯރުކޮށްދިނުމުގައި، އައްޑޫގައި އުފެދުނު އެންމެ ފުރަތަމަ އެއް ސްކޫލްކަމުގައިވާ، ފޭދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ރަން-50 ޙަރަކާތް ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫ ސިޓީ ފޭދޫގައި ކުރިއަށް ގެންގޮސްފިއެވެ.

އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ދެއްވަމުން ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މިހާދު ވިދާޅުވީ، މިޙަރަކާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުމުން ގިނަބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ޢުމުރުފަރައިގެ މީހުން ބައިވެރިވާން އެދި ފޯމު ހުށަހެޅުއްވި ކަމަށެވެ. އަދި ޙަރަކާތުގައި ބައިވެރިންގެ ގޮތުގައި 1000 މީހުންނާއި ގާތްކުރާ ޢަދަދަކަށް މީހުން ބައިވެރިވެފައިވާކަމަށެވެ.

އޭގެތެރޭގައި، ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުން، ބެލެނިވެރިން، މުއައްސާތަކުގެ މުވައްޒަފުންނާއި ވެރިން ބައިވެރިވެފައިވެއެވެ.

މިޙަރާކާތުގައި އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރުގެ އިތުރުން، ކައުންސިލަރ އާމިނަތު ސަލްމާ އާއި ކައުސިލަރ އަހުމަދު ސަޢީދު އަދި ކައުސިލަރ މުޙައްމަދު ފައިސަލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މިހަރަކާތް ކުރިއަށް ގެނދެވުނީ ފޭދޫގެ މަގުތަކުގައެވެ.

ފުރަތަމަ އަޅުގަނޑުމެން ޓާގެޓްކުރީ 500 މީހުންނަށް. އެކަމަކު ރިކުއެސްޓްތައް ގިނަވެ، ބައިވެރިވާން ގިނަ ބަޔަކު އެދުމުން، ދެން އަޅުގަނޑުމެން ޓާގެޓްކުރީ ހާހަކަށް. އަޅުގަނޑުމެންނަށް ރިކުއެސްތައް އެއަށްވުރެ މާގިނައިން އައީ. އަދި ވާޗުއަލްކޮށް ބައިވެރިވާންވެސް ގިނަ ބަޔަކު ހުށެހެޅުއްވި.

އެހެންވެ ވާޗުއަލްބައި ދެން ކުރިއަށް ދާނީ. ދެން އެބޭފުޅުން ބިބާއި އެކު ދުވެފައި ވީޑިއޯތައް އަޕްލޯޑް ކުރީމާ، އެބައިވެރިންނަށް ވެސް މެޑަލް އަރުވާނަން.

~ އަހުމަދު މިހާދު، ފޭދޫ ސްކޫލްގެ ޕްރިންސިޕަލް

މިހާދު އިތުރަށް ވިދާޅުވީ، ދުވުމުގެ އިތުރުން އިއްޔެ، މާޝަލް އާޓްސް އެސޯސިއޭޝަން އާއި ގުޅިގެން ކުދިންނަށް ޓެކްވަންޑޫގެ ބައެއް ހުނަރުތައް ދައްކާލުމުގެ ސެޝަނެއްގެ އިތުރުން، "ރޮބޯމޭން" ދައްކާލުން ވެސް އޮތްކަމަށެވެ. އަދި އައްޑޫގެ އެކިއެކި މުއައްސަސާތަކާއި، ވިޔަފާރިތައް، އަދި ޢާއްމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

ރަން-50 ޙަރަކާތުގެ ތެރެއިން

މިލިޔުމާއި ގުޅޭ:

ރެޑްކްރެސެންޓުން އައްޑޫގައި ބާއްވާ "ރަން ފޯ ހިއުމޭނިޓީ" ގެ ބިބްސެޓް ދޫކުރުން މިއަދު ހަވީރު ސިޓީސްކުއާރގައި

ރަން-50 ޙަރަކާތުގެ ތެރެއިން

ދުވުން ފެށުނު މަންޒަރުތަކުގެ ތެރެއިން

ޓެގްސް: އައްޑޫ އައްޑޫގައި ބޭއްވޭ ކުޅިވަރު އިވެންޓްތައް ދުވުން ފޭދޫ ސްކޫލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.