ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށް ބޭއްވި ދެވަނަ "ރާސް ޗެމްޕިއަންޝިޕް" ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ބާއްވައިފިއެވެ.
ރޭސިން އެސޯސިއޭޝަނުން މިމުބާރާތް އިޢްލާންކޮށް އިފްތިޙްކުރުމުގެ ގޮތުން މާލޭގައި ވަނީ ކިކްއޮފް މުބާރާތެއް 73 ބައިވެރިންނާއި އެކު، ނިމިދިޔަ މާޗް މަސްތެރޭ މާލޭގައި ބާއްވާފައެވެ. އޭގެ ފަހުން ރާސް ޗެމްޕިއަންޝިޕްގެ ފުރަތަމް މުބާރާތް 33 ބައިވެރިންނާއި އެކު، ހދ. ކުޅުދުއްފުށީގައި ބާއްވާފައިވާއިރު، ތިންވަމަ މުބާރާތް އޮންނާނީ 3 އޮކްޓޯބަރުގައި، ގްރޭޓާރ މާލޭއޭރިއާ އަށް ޚާއްސަކުރެވިގެން ހުޅުމާލޭގައި ކަމުގައި މުބާރާތް އެ އެސޯސިއޭޝަނުން ބުނެއެވެ.
މިމުބާރާތް ރޭވިފައިވަނީ، މިތިން މުބާރާތުގެ އެންމެ މޮޅު ކުޅުތެރިންނަށް ބައިވެރިވެވޭ ގޮތަށް އޮންނަ ގްރޭން ފިނާލޭ އަކުން މުބާރާތް ނިންމާލާގޮތަށެވެ.
މިފަހަރު އައްޑޫ ގައި ބޭއްވުނު ދެވަނަ މުބާރާތުގައި، 11 ކެޓަގަރީއެއްގައި، ޖުމްލަ 27 ބައިވެރިއަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މާލެއިން ބައިވެރިވި ޓީމެއް ވެސް ހިމެނެއެވެ.
މިމުބާރާތުގައި ވަނައަށް އައި ފަރާތްތަކަށް ޓްރޮފީތައް ޙަވާލުކޮށްދެއްވީ އައްޑޫ ސިޓީ މޭޔަރ އަލްފަޞިލް ޢަލީ ނިޒާރުއެވެ.


ޓްރޫ ސްޓްރީޓް ކެޓަގަރީ އިން ވަނަ ހޯދި ފަރާތްތައް
- 135 ސީސީ ވިނާރ : އަހުމަދު ތާމިހް ލަތީފް 83/އަމްސާ
- 135 ސީސީ ރަނަރ އަޕް : ޝަހުރު ޒިމާއު ޒަމާން 48/އަމްސާ
- 150 ސީސީ ވިނާރ : ލާމިއު ޢަލީ 31/މައިލޯ ރޭސިންގ ކްލަބް
- 150 ސީސީ ވިރަނަރއަޕް : ދައުސް މުޙައްމަދު އުގެއިލް 81/އަމްރާ
ކާ-އެލްބޯ ކެޓަގަރީ އިން ވަނަ ހޯދި ފަރާތްތައް
- 2000 ސީސީ ވިނާރ : މުޙައްމަދު ޝިމްރާހް މުފީދު 10/އަންލީޝްޑް
- 2000 ސީސީ ރަނަރއަޕް : ޢަބްދުއްﷲ ވިޝާޙް 376/އަމްސާ
ކާ-ބިލޯ ކެޓަގަރީ އިން ވަނަ ހޯދި ފަރާތްތައް
- 3500ސީސީ ވިނާރ : ރޯހިތާ ކަމާލް މަޑާގެ 840/އަމްރާ
- 3500ސީސީ ރަނަރއަޕް : މުޙައްމަދު ފާލިޙް 84/އަމްސާ
- 4000ސީސީ ވިނަރ : މުޙައްމަދު ޝިމްރާޙް 10/އެކްސްޓްރީމް އަންލީޝްޑް
- 4000ސީސީ ރަނަރއަޕް : އިބްރާހިމް އަޝް-ހަރް ޝަރީފް 82/އަމްސާ
އެހެނިހެން ކެޓަގަރީތަކުން ވަނަ ހޯދި ފަރާތްތައް
- 135ސީސީ ޕްރޯޑްރޭގް ވިނާރ : ޝަހުރު ޒިމާއު ޒަމާން 48/އަމްސާ
- 135ސީސީ ޕްރޯޑްރޭގް ރަނަރއަޕް : އަހުމަދު ލަމީމު 333/އަމްސާ
- އޯޕެން ޕްރޯޑްރޭގް ވިނާރ : ޝަހުރު ޒިމާއު ޒަމާން 48/އަމްސާ
- އޯޕެން ޕްރޯޑްރޭގް ރަނަރއަޕް : މުޙައްމަދު ޝިމްރާހް 10/އެކްސްޓްރީމް އަންލީޝްޑް
- އޯޕެން ޓްރޫސްޓްރީޓް ވިނާރ : އިބްރާހިމް ލަޔާލް 321/އަމްސާ
- އޯޕެން ޓްރޫސްޓްރީޓް ރަނަރއަޕް : ލާމިއު އަލީ 031/މައިލޯ ސިޓީ ރޭސިންގ ކްލަބް
- ސުޕަރބައިކް އޯޕެން ވިނާރ : އަހުމަދު ޔޫނުސް 533/އަމްސާ
- ސުޕަރބައިކް އޯޕެން ރަނަރއަޕް : އަހުމަދު ތާމިޙް ލަތީފް 83/އަމްސާ
- ކާރ އޯޕެން ވިނަރ : މުޙައްމަދު ޝިމްރާޙް 10/އެކްސްޓްރީމް އަންލީޝްޑް
- ކާރ އޯޕެން ރަނަރއަޕް: މުހައްމަދު ފާލިހް : 84/އަމްސާ