ޗައިނާގެ ހުޅަނގު ދެކުނުގެ ޕްރޮވިންސް ގުއިޒޯ

ހަބަރު

ޗައިނާގައި ކޯވިޑް ޖެހިފައިވާ މީހުން ދަތުރުކުރި ބަހެއް ފުރޮޅާލައި 27 މީހަކު މަރުވެ ގިނަބަޔަކު ޒަޚަމްވެއްޖެ

ޒައިން ޠާލިބް - އޭޝިއާ | 19 ސެޕްޓެންބަރ 2022 , ހޯމަ 10:16   230

ޗައިނާގެ ހުޅަނގު ދެކުނު ޕްރޮވިންސް ގުއިޒޯގެ ކޯވިޑް-19 ކަރަންޓީން ފެސިލިޓީއަކަށް މީހުން ބަދަލުކުރަމުން ދިޔަ ބަހެއް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަޅުގަނޑެއްގެ ތެރެއަށް ވެއްޓި 27 މީހުން މަރުވެ 20 މީހުން ޒަހަމްވި ކަމަށް ލޯކަލް އޮތޯރިޓީތަކުން ނެރުނު ނިއުސް ބްރީފިންގައި ބުނެފި އެވެ.

ގުއިޔަންގްގެ ޑެޕިއުޓީ މޭޔަރު ލިން ގޭންގް ވިދާޅުވި ގޮތުގައި އެ ބަހުގައި ގެންދިޔައީ ޕްރޮވިންސްގެ ވެރިރަށް ގުއިޔަންގްގެ 45 މީހުން ކަރަންޓީން ކުރުމަށް 155 މޭލު ދުރުގައި އޮންނަ ދުރު އަދި ފަރުބަދަމަތީ ރަށެއް ކަމަށްވާ ލިބޯ ކައުންޓީއަށެވެ. ގުއިޔަންގް އިން ފުރައިގެން ދިޔައީ ހެނދުނު 12:10 ހާއިރު (ހޮނިހިރު ދުވަހުގެ ރޭ 12:10) ކަމަށާއި އެކްސްޕްރެސްވޭގައި 2:40 ހާއިރު ފުރޮޅާލާފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ލިން ވިދާޅުވި އެވެ. ޗައިނާގެ ދަތުރުފަތުރުގެ ގަވާއިދުގައި ބުނެފައި ވަނީ މެންދަމު 2 އާއި ހެނދުނު 5 އާ ދެމެދު ދުރު ރާސްތާގެ ފަސިންޖަރު ބަސްތައް ދުއްވުން އެއީ މަނާ ކަމަށެވެ.

“ކޮވިޑް ޒީރޯ” ގެ އަމާޒު ހާސިލް ކުރުމަށް ލޯކަލް އޮތޯރިޓީތަކަށް ޕްރެޝަރުތައް ކުރިމަތިވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ގުއިޔަންގް އިވިންގް ޕޭޕަރުގައި ހޮނިހިރު ދުވަހު ބުނީ ކޮވިޑް-19ގެ ކްލޯސް ކޮންޓެކްޓުން އެހެން ސިޓީތަކަށް ގެންދިއުމަށް އެ ސިޓީން 20 ބަހާއި 40 ބަސް ޑްރައިވަރުން ތައްޔާރުކޮށްފައިވާ ކަމަށެވެ.

އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ސިޓީން 7،000 އަށް ވުރެ ގިނަ މީހުން އެހެން ސިޓީތަކަށް ބަދަލުކޮށްފައިވާއިރު، ގާތްގަނޑަކަށް އިތުރު 3،000 މީހުން ތިބީ ގުއިޔަންގް އިން ބޭރަށް ބަހުން ނެރުމަށް އިންތިޒާރު ކުރަމުންނެވެ.

މަރުވި މީހުންނާ ގުޅޭ ޚަބަރުތަކަށް ޗައިނާގެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު، ގިނަ ބަޔަކު ވަނީ އެގައުމުގެ ކޮވިޑް ޒީރޯ ސިޔާސަތުގެ ހަރުކަށިކަމާމެދު ސުވާލު އުފައްދަވާފައެވެ.

ދައުލަތުގެ މީޑިއާތަކުން ޝާއިއުކުރި އެކްސިޑެންޓާ ބެހޭ ގިނަ ޕޯސްޓްތަކެއްގައި މީހުން ކޮމެންޓް ކުރުން މަނާކޮށްފައިވާއިރު، ޗައިނާގެ ސޯޝަލް މީޑިއާގައި ގުއިޒޯގެ ސަރޗް ނަތީޖާތައް ފިލްޓަރ ކޮށްފައިވާ ކަމަށް ދައްކައެވެ.

ކޯވިޑް-19 ފެތުރެމުންދާތީ ގުއިޒޯ ޕްރޮވިންސުން ކޮވިޑް-19 ޓެސްޓުކުރުމާއި ކަރަންޓީން ކުރުމުގެ ފިޔަވަޅުތައް ރެމްޕްކޮށްފައިވެއެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޮނިހިރު ދުވަހު އެ ހިސާބުގައި 712 މީހުން ޕޮޒިޓިވްވިއިރު، މިއީ އެހެން ރަށްތައް އެއްކޮށްލުމުން ބޮޑު އަދަދެކެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.