ފިއޮނާ ތޫފާނަށް ފަހު ދިމާވި ގެއަލުންތައް

ދުނިޔެ

ތޫފާން ފިއޮނާގެ ސަބަބުން ޕުއެރްޓޯ ރީކޯގެ ކަރަންޓް ކެނޑި އެތައް ގެލުމެެއް ލިބިއްޖެއް

ޒައިން ޠާލިބް - ދުނިޔެ | 20 ސެޕްޓެންބަރ 2022 , އަންގާރަ 08:56   205

އެމެރިކާގެ ޖަޒީރާ ރަށެއްކަމަށްވާ ޕުއެރްޓޯ ރީކޯގެ ހުރިހާ ހިސާބަކުން ކަރަންޓު ކެނޑިއްޖެއެވެ. މިޙާދިސާ ދިމާވާން މެދުވެރިވީ، އެސަޙައްދުގައި ގަޑިއަކު 86 މޭލަށް ވައިގަދަވުމުންނެވެ.

އެ ޖަޒީރާގެ ބައެއް ހިސާބުތަކަށް ކަރަންޓް އަލުން ދީފައިވާ ކަމަށް އޮފިޝަލުން ބުނި ނަމަވެސް ބާކީ ހުރި ބައިތައް އަލުން ގުޅުވަން ދުވަސްތަކެއް ނަގާނެ ކަމަށް އެތަނުގެ ގްރިޑް ހިންގާ ލުމާ އެނާޖީ އިން ވިދާޅުވިއެވެ.

ކެޓަގަރީ 1 ގެ ތޫފާނުގެ ސަބަބުން އެ ޖަޒީރާއަށް ވަރަށް ބޮޑަށް ފެންބޮޑުވެ، ބިންގަނޑު ގިރައިގެން ގޮސްފައިވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ޖަޒީރާއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ހަރަކާތްތެރިވުމަށް އަންގާފައިއެވެ.

ކެރިބިއަން ޖަޒީރާގައި ދިރިއުޅޭ 3.3 މިލިއަން މީހުންނަށް ކަރަންޓް މުޅިން ކެނޑުމުގެ އިތުރުން ޖަނަރޭޓަރުން ހިންގާ ބައެއް ސިއްހީ މަރުކަޒުތަކަށް ވެސް ކަރަންޓް ވަނީ ކެނޑިފައެވެ. މިކަމުގެ ސަބަބުން މީހުނަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން ސެން ހޫއާންގެ މެޑިކަލް ހޮސްޕިޓަލް ކޮމްޕްލެކްސްގައި ހުރި އިލެކްޓްރިކަލް ސިސްޓަމްތައް އަލުން ގާއިމްކޮށްފައިވާ ކަމަށް ހެލްތު ސެކްރެޓަރީ ވިދާޅުވި އެވެ.

ބަނދަރުތައް ބަންދުކޮށް، ޖަޒީރާގެ މައި އެއާޕޯޓުން ބޭރަށް ދާ ދަތުރުތައް ވަނީ ކެންސަލްކޮށް ދަތުރުކުރުމަށް މަނާކޮށްފައެވެ.

މީގެ އިތުރުން ޖަޒީރާގެ މެދުތެރޭގެ ފަރުބަދަމަތީ ސަރަހައްދުގައި އޮންނަ އުޓޫއާޑޯގެ ހައިވޭ ބްރިޖެއް ވެސް ވަނީ ފެންބޮޑުވުމުގެ ބަންދުކޮށްފައެވެ.

ޕުއެރްޓޯ ރީކޯގެ ގަވަރުނަރު ވިދާޅުވީ ހޯމަ ދުވަހު ވެސް ސްކޫލްތަކާއި ސަރުކާރުގެ އިދާރާތައް ވާނީ ބަންދުކޮށްފައި ކަމަށެވެ. ޕެޑްރޯ ޕިއެރްލޫއިސީ ވަނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ހިޔާވަހިކަން ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ.

ޕުއެރްޓޯ ރީކޯއަށް އައީ ތޫފާން މާރިއާ އެ ޖަޒީރާގެ ތާރީހުގައި ވެސް އެންމެ ގޯސް ތޫފާން އެތަނަށް ގެއްލުންދިންތާ އެންމެ ފަސް އަހަރު އެވެ. ކާރިސާއަށްފަހު ތިން ހަފްތާ ފަހުން ޕުއެރްޓޯ ރިކޯގެ ރައްޔިތުންގެ ތެރެއިން ކަރަންޓް ލިބުނީ އެންމެ %10 ވަރަކަށް މީހުންނަށެވެ. ގައުމީ ގްރިޑް އަދިވެސް އޮތީ ނާޒުކު ކަމަށާއި، ކަރަންޓް ކެނޑުމަކީ ކޮންމެ ދުވަހަކުވެސް ދިމާވާ ކަމެއް ކަމަށެވެ.

ތޫފާން ހުޅަނގު އުތުރަށް ކުރިއަށްދާތީ ޑޮމިނިކަން ރިޕަބްލިކަށް ވެސް ބޯކޮށް ވާރޭވެހުމާއި ފުންޏެއް ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓާކްސް އެންޑް ކޭކޯސް އައިލެންޑްސް އަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

ޓެގްސް: ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.