އެޗްޕީއެލް ބަނދަރަށް މިއަދު 150 ޓަނުގެ މޮބައިލް ކްރޭނެއް ބާލާ މަންޒަރު، އާ ސާމާނާއިއެކު ޚިދުމަތުގެ ފަސޭހަކަން އިޙްސާސްކުރެވޭނެކަމަށް އެކުންފުނިން ބުނޭ. ފޮޓޯ : އެކްސްޕްރެސް ނިއުސް

ހަބަރު

އެޗްޕީއެލްގެ ދުވެލި އަވަސްކުރުމުގެ ގޮތުން މުޅިން އާވެހިކަލްތަކެއް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 ސެޕްޓެންބަރ 2022 , ހޯމަ 17:50   488

އައްޑޫ ސިޓީގައި ހުންނަ، ދެކުނުގެ ޓްރާންސްޕޯޓް ހަބް، ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤްޞަދުގައި ހެވީ-ޑިއުޓީ މެކޭނިކަލް ސާމާނުތަކެއް ގެނެސްފިއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން، ހިތަދޫ ޕޯޓްލިމިޓެޑްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ، އިބްރާހިމް ރަޝީދު ވިދާޅުވީ، ބަނދަރަށް ގެންނަން ނިންމާފައިވާ ތަކެތީގެ ތެރޭގައި މޮބައިލް ކްރޭންއެއްގެ އިތުރުން، ބާޖް ހެންޑްލް ކުރުމަށް ބޭނުންކުރާ ސައިޑް ލޯޑަރަކާއި، އިތުރު ކެރޭނަކާއި، ފޯކް ލިފްޓެއް އަދި ރީޗް ސްޓެކާ އެއް ވެސް ހިމެނޭކަމަށެވެ.

މިއަދު މިލިބުނީ 150 ޓަނުގެ ބަރުދަން އުފުލޭވަރުގެ ބިޔަ މޮބައިލް ކެރޭނެއް. މިކެރޭނުގެ ދިގު މިނުގައި 240 ފޫޓު ހުންނާނެ. މީގެން މިހާރު ބަނދަރަށް ކޮންމެ ފަދަ ބަރުދަނެއްގެ އެއްޗެއް ބޭލުމުގައި ވެސް ދަތިކަމެއް ނައިސް ބޭލޭނެ އިންތިޒާމު ހަމަޖެހިގެން މިދިޔައީ. މިއީ 25 ބުރީގެ ޢިމާރަތަކަށް ވެސް ސާވިސްކުރެވޭވަރުގެ ކްރޭނެއް. އެހެންކަމުން، ބަނދަރުގެ އިތުރުން މިއަތޮޅުގެ އެހެން މަސައްކަތްކުރާ ފަރާތްތަކަށް ވެސް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ މިއިން.

~ އިބްރާހިމް ރަޝީދު، ޑެޕިއުޓީ ޖެނެރަލް މެނޭޖަރ

ކްރޭނު ބޭލުމުގެ މަސައްކަތުގައި އެތަނުގެ މުވައްޒަފުން ޙަރަކާތްތެރިވަނީ
އަލަށް ގެނެވުނު ތަކެތި ބޭލުމުގެ މަސައްކަތް ކުރިއަށް ދަނީ

ރަޝީދު އިތުރަށް ވިދާޅުވީ، ކްރޭންގެ އިތުރުން، ސައިޑްލޯޑަރއެއް އައުމުގެ މަގުމަތީގައި އެބައޮތްކަމަށެވެ. އެ އައުމުން، މިހާރު ކޮންޓެއިނަރުތައް ބޭރަށް ގެންދިއުމުގައި ޓްރެއިލާރ ނުލިބި ކިއުގައިތިބެން ނުޖެހޭނެކަމަށެވެ. އޭރުން، އޭގައި އެއް ކޮންޓެއިނަރަށް ވުރެ ގިނަ ކޮންޓެއިނަރު ޖަހައިގެން ދެވޭނެގޮތްވެ، ބޭނުން ތަނަކަށް ފަސޭހަކަމާއިއެކު ބޭލޭނެކަމަށެވެ.

އެޗްޕީއެލް އިން ބުނެފައިވަނީ، މިހާރު މިގެނެވުނު ތަކެތި ރޭވުމާއި، ކަމިޝަންކުރުމާއި، ތަމްރީންދިނުމަށް ދެހަފްތާގެ މުއްދަތެއް ނަގާނެކަމަށެވެ. އެމަސައްކަތައް ބޭނުންވާ ބޭރުގެ އިންޖިނިއަރު ވެސް އައްޑޫގައި އެބަހުންނެވިކަމަށެވެ.

ޓެގްސް: އެޗްޕީއެލް ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.