ހުޅުމާލޭ ފޭސް 2، 4000 ފްލެޓާއި 3000 ގޯއްޗައް ފުރުސަތު ހުޅުވާލާފައިވޭ

ހަބަރު

ފްލެޓަށް އެދުމުގެ ސުންގަޑި ހޯމަދުވަހާއި ހަމަޔަށް، މިހާތަނަށް 19000 މީހަކު ފޯމު ހުށަހަޅާފައިވޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 ސެޕްޓެންބަރ 2022 , އަންގާރަ 09:58   416

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޕްރޮގްރާމް، "ގެދޮރުވެރިން" ގެ ތެރެއިން ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 19،000 ފޯމު ހުށަހަޅައިފިއެވެ.

ހައުސިން މިނިސްޓްރީ އިން ބުނެފައިވަނީ މިރޮގްރާމަށް އޮތް ތަރުޙީބު ބޮޑުކަމަށެވެ.

މިޕްރޮގްރާމްގެ ދަށުން ފުރުޞަތު ހުޅުވާލާފައިވަނީ ނިމިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މުއްދަތު ހަމަވާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 26 ވާ ހޯމަ ދުވަހަށް ކަމަށް އިޢްލާނުގައިވެއެވެ.

އެހެން ހައުސިން ޕްރޮގްރާމްތަކާއި ޚިލާފަށް މިޕްރޮގްރާމަށް ފުރުޞަތު ހުޅުވާލާފައިވަނީ، އޮންލައިންކޮށް ފޯމު ހުށަހަޅާގޮތަށެވެ. އެހެންކަމުން ޕްރޮސެސްކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން 4000 ފްލެޓަކާއި، 3000 ގޯއް މާލޭގެ ރައްޔިތުންނަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެތެރެއިން ހުޅުމާލެއިން ދޫކުރާނީ 1000 ގޯއްޗާއި 4000 ފްލެޓެވެ. ބާކީ 2000 ގޯތި ދޫކުރާނީ ގުޅީފަޅުންނެވެ.

މިޕްރޮގްރާމްގެ ދަށުން ޖުމްލަ 3 މިލިއަން އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދަކުން ބިން ދޫކުރާނެއެވެ. ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަ ފޫޓެވެ. ހަތް މީހުންނަށްވުރެ ގިނަމީހުން އެކު ވެގެން ހުށަހަޅާނަމަ ޖުމްލަ 4،000 އަކަފޫޓު ލިބޭނެއެވެ.

މިލިޔުމާއި ގުޅޭ :

އެޕްލިކޭޝަން ފޯމް

ޓެގްސް: ބޯހިޔާވަހިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.