ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު

ހަބަރު

މަސްވެރިންނަށް ނުދެވި އޮތީ 27 މިލިއަން ރުފިޔާ - ފިޝަރީޒް މިނިސްޓަރ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 އޭޕުރިލް 2024 , އަންގާރަ 09:03   445

ސަރުކާރުން ވެރިކަމާއި ޙަވާލުވިއިރު 250 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދޭންޖެހިފައި އޮތްކަމަށާއި، އެކަމަކު މިހާރު މަސްވެރިންނަށް ނުދެވި އޮތީ 27 މިލިއަން ރުފިޔާކަމަށް މަސްވެރިކަމާއިބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝީޔާމް މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންނާއި ސުވާލުކުރުމަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި މަސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"މިއަދުގެ ނިޔަލަށް ޑިއު ވެފައިވަނީ 27 މިލިއަން ރުފިޔާ" ޝިޔާމް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު އޭރުގެ ސަރުކާރުން ވަނީ މަހުގެ އަގު 25ރ. ޖައްސާފައެވެ. އޭރު ސަރުކާރުން ބުނަމުންދިޔައީ ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑީއުޓީ ކުޑަވާނެކަމަށްބަލައި ގެނައި ބަދަލެއްކަމަށެވެ. ނަމަވެސް، މިސަރުކާރުން ބުނެފައިވަނީ، އެއީ ސިޔާސީ ބޭނުމަކަށް ސަރުކާރުން އޭރު ކުރިކަމެއްކަމަށާއި، އެއީ ދެވޭނެ ޢަދަދެއް ނޫންކަމަށެވެ. އަދި ފެބްރުއަރީ މަސްތެރޭ މަހުގެ އަގު އަނެއްކާވެސް 20ރ. އަށް ތިރިކޮށްފައިވެއެވެ.

މަސްވެރިން އަތުން ސަރުކާރުގެ ކުންފުނިތަކަށް ގަންނަ މަހަށް ވާ ފައިސާ ނުލިބުމަކީ މަސްވެރިންގެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި މަސްވެރިން އަންނަނީ މިކަމާއި ދޭތެރެދޭތެރެއިން މުޒާހިރާކޮށް އިޙްތިޖާޖު ވެސް ކުރަމުންނެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް މިފްކޯ ފިޝަރީޒް މިނިސްޓަރ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.