ކަނޑުމަތީގެ ޙާދިސާއެއްގައި ފުލުހުން ޙަރަކާތްތެރިވަނީ

ހަބަރު

ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ބިދޭސީމީހާގެ ހަށީގަނޑު އޭގެ ދަށުން ނަގައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 އޭޕުރިލް 2024 , އަންގާރަ 12:23   40

ރޭ ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ބިދޭސީމީހާގެ ހަށީގަނޑު އޭގެ ދަށުން ނަގައިފިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމީހާގެ ހަށިގަނޑު ހޯދާފައިވަނީ ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމުންނެވެ.

އަޑިއަށް ގޮސްފައިވާ ލޭންޑިންގ ކްރާފްޓް އަކީ ރ.ކުޑަކުރަތަ އިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދަނިކޮށެވެ. އޭގައި އެވަގުތު 5 މީހުން ތިބިއެވެ. ގެއްލުނީ އެކެކެވެ. އެއީ ބިދޭސީ މަސައްކަތުމީހެކެވެ.

އެންއެންޑީއެފް އިން ބުނެފައިވަނީ އެމީހާގެ ހަށިގަނޑު ފެނިފައިވާކަމަށާއި، ނަމަވެސް ޙަރަކާތެއް ނެތްކަމަށެވެ. އަދި ހަށިގަނޑު ކ.ކާށިދޫ ސިއްޙީ މަރުކަޒަށް ގެންދިއުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

މިޙާދިސާ ދިމާވި ސަބަބު ހޯދިފައިނުވާއިރު، މިދުވަސްވަރަކީ މުޅިރާއްޖެއަށް ބޯ ވިއްސާރަކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި މި ޙާދިސާ ހިނގިއިރު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލުގެ ނޯޓިސް ނެރެފައެވެ.

ޓެގްސް: ކަނޑުމަތީގެ ޙާދިސާތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.