މެޗުގެ މޭންއޮފްދަމެޗުކަން ހޯދި ޒެފިއާގެ ޖޯޒީ ނަމްބަރު 11 ޓްރޮފީ އާޢި ޙަވާލުވަނީ

ހަބަރު

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިަޕް: ބޮންޑާގެ ގޯލާއިއެކު، ފަހަތުންއަރައި ޒެފިއާ އިން މަރަދޫއެފްސީ މައްޗަށް ކުރިހޯދައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 30 އޭޕުރިލް 2024 , އަންގާރަ 12:40   680

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ފަހަތުންއަރައި ޒެފިއާ އިން މަރަދޫއެފްސީ މައްޗަށް ކުރިހޯދައިފިއެވެ.

މެޗުގެ ފެށިގެން 10 މިނެޓުތެރޭގައި މަރަދޫއެފްސީ އިން ހަސަން ޒައިދާން ފުރަތަ ގޯލް ޖެހިއެވެ. އޭގެ 8 މިނެޓްފަހުން އަނެއްކާވެސް އެޓީމުން ހަސަން ނޫރިޝް ގޯލެއް ޖެހިއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ބޮޑުބައި ކުޅުވުނުފަހުން ޒެފިއާއިން ކުޅުންވަރުގަދަކޮށް އެޓީމުގެ މުޙައްމަދު ދާނިޝް ގޯލެއް ޖެހިއެވެ.

އޭގެ ފަހުން ދެވަނަ ހާފުގައި ވެސް ދާނިޝް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނެވެ. މަރަދޫއެފްސީ އަށް ހަމަ ހިން ދިރުވައިލެވޭވަރެއް ނުވިއެވެ.

މަރަދޫ އެފްސީގެ މައްސަޗަށް ޒެފިއާއިން ކުރިހޯދި ގޯލު ޖަހައިދިނީ، މީގެ ކުރިން ރާއްޖޭގެ ޤައުމީޓީމަށް ވެސް ކުޅެފައިވާ ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ.

ބޮންޑާގެ ގޯލާއިއެކު މެޗު ނިމުނީ 2-3 ގެ ނަތީޖާއަކުން ޒެފިއާ މޮޅުވެގެންނެވެ.

މެޗުގައި މަރަދޫ އެފްސީގެ ތިން ކުޅުންތެރިއަކަށް ރީނދޫކާޑު ދައްކާފައިވެއެވެ. އެއީ، ހަސަން ލައުޙު، ޙަސަން ޝިއުޒް، އަދި އިބްރާހިމްއެވެ.

އެމްއޭސީއެލް އައްޑޫފުޓުބޯލް ޗެމްޕިއަންޝިޕް

މި މުބާރާތަކީ އައްޑޫގައި ފުޓުބޯޅަ ކުރިއަރުވައި އާލާކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލުން އިސްނަގައި ޚަރަދުކޮށްގެން ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސާރ އަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. ކޯ ސްޕޮންސާރ އަކީ ސޯސަން ފިހާރައެވެ. ޕްރިންޓް ޕާޓްނަރަކީ ކޮންޓްރޯލް ޕީ އެވެ. މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.

މި މުބާރާތައި ގުޅޭ އެންމެހައި މަޢްލޫމާތު footballmaldives.com މެދުވެރިކޮށް ކޮންމެ ވަޤުތަކުވެސް ލިބެން ހުންނާނެއެވެ. ފުޓްބޯލް މޯލްޑިވްސް އަކީ ޔުނިޓީ ފައުންޑޭޝަނުން މިފަދަ މުބާރާތްތަކަށް ޚާއްޞަކޮށްގެން ހަދާފައިވާ ޕޯޓަލްއެކެވެ.

ޓެގްސް: އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.