ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، އެމަނިކުފާނު ވަނީ މިމައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައި

ހަބަރު

ޑީއާރުޕީގެ ދަރަނީގެ މައްސަލައިގައި މައުމޫން ޒިންވާކަމަށް ބުނާ މައްސަލައް އެމްޓީސީސީއިން އަނެއްކާވެސް ކޯޓަށް ހުށަހަޅައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 މެއި 2024 , ބުދަ 19:15   22

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަނީގެ މައްސަލައިގައި މައުމޫން ޒިންވާކަމަށް ބުނާ މައްސަލައް އެމްޓީސީސީއިން އަނެއްކާވެސް ކޯޓަށް ހުށަހަޅައިފިއެވެ.

މިމައްސަލައިގައި މީގެ ކުރިން ސިވިލްކޯޓުން ނިންމާފައިވަނީ މައުމޫން މައްސަލަައިގައި ޒިންމާނުކުރެވޭނެކަމަށެވެ.

މައްސަލަ އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައުމޫންގެ ފަރާތްޕުޅުން އިޖްރާއީ ނުކުތާއެއް ނެގީ އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް ހައި ކޯޓުން މިދިޔަ މަހު ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެހެންވެ، ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތްޕުޅުން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެމަނިކުފާނު އިސްކޮށް ހުންނަވައިފެން އުފެއްދެވި، ޑީއާރުޕީއަކީ މީގެކުރިން ރާއްޖޭގައި އުފެދުނު އެންމެ ބޮޑު އެއް ސިޔާސީ ޕާޓީއެވެ. ނަމަވެސް ޚިޔާލު ތަފާތާތުވުންތަކުގެ ތެރެއިން ޕާޓީ ބައިވެ އާ ޕާޓީތަކެއް އުފެދުނެވެ. އޭގެ ފަހުން އިލެކްޝަންސް ކަމިޝަނުން ވަނީ މެމްބަރުންގެ ޢަދަދު ހަމަނުވާނީ ޕާޓީ އުވާލުމަށް ނިންމާފައެވެ.

ޓެގްސް: ސިޔާސީ ޕާޓީތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.