ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ނާސިޙް

ހަބަރު

ސަރުކާރު މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްދިނުމަށް ސީއެސްސީގެ ރައީސް ނާސިޙް ގޮވާލައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 މެއި 2024 , ބުރާސްފަތި 07:27   32

ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ސިވިލް ސާވަންޓުންގެ މުސާރަތައް ބޮޑޫކޮށްދެއްވުމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ނާސިޙް އެދިވަޑައިގެންފިއެވެ.

ނާސިޙް މިގޮތަށް އެދިވަޑައިގެންނެވީ އިއްޔެ ފާހަގަކުރި ބައިނަލްޢަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއިގުޅިގެން ދެއްވި ޚާއްޞަ މެސެޖެއްގައެވެ.

އެ މެސެޖުގައި ނާސިޙް ވިދާޅުވީ ސިވިލް ސާވެންޓުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިގެންނުދާކަމަށާއި، ވީހާވެސް އަވަހަކަށް މުސާރަތައް ބޮޑުކޮށްދީ މުސާރައިގެ ހަމަހަމަކަން ޤާއިމްކޮށްދިނުމަށެވެ.

ނިމިދިޔަ ސަރުކާރުން ތައުލީމީ އަދި ސިއްހީ ދާއިރާގެ ފަންނީ ބައެއް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންތަކެއް ދީފައިވެއެވެ. ނަމަވެސް، އެހެން ދާއިރާތަކުގެ މުސާރަ އަދިވެސް ހުރީ ހަމަ ހުރިވަރުގައެވެ.

އިތުރަށް ނާސިޙް ވިދާޅުވީ މިކަމުގެ ސަބަބުން ޤާބިލު މުވައްޒަފުން ހޯދުމުގައި ދަތިތައް އެބަހުރިކަމަށެވެ.

ޓެގްސް: މުސާރައިގެ އޮނިގަނޑު ސިވިލް ސާވިސް ކޮމިޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.