އެމްޓީސީސިގެ 2023 ވަނަ އަހަރުގެ އަހަރީ ޢާއްމު ބައްދަލުވުން

ހަބަރު

އެމްޓީސީސީ، ޢާމްދަނީ ދައްވެ ފައިދާ 30 މިލިއަނުން 5 މިލިއަނަށް ވެއްޓިއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 މެއި 2024 , ބުރާސްފަތި 16:52   530

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ނިމިދިޔަ ކުއާޓަރުގައި ޢާމްދަނީ ދަށްވެ، ފައިދާ 30 މިލިއަނުން 5 މިލިއަނަށް ވެއްޓިއްޖެއެވެ.

އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް 30 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވެއެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ޢާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޚަރަދުގެ ގޮތުގައި 661 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާ ގެ ގޮތުގައި ލިބިފައިވަނީ 5,240,888 ރުފިޔާއެވެ.

އެމްޓީސީސީގެ ޢާމްދަނީގެ ބޮޑުބަޔެއް ހިއްސާކުރަނީ ބިން ހިއްކުމާއި ކޮންސްޓްރަކްޝަން މަސައްކަތެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރު އަޅަައިބަލާއިރު، ހުރިހާ ދާއިރާއަކުން އާމްދަނީ ދަށަށްގޮސްފައިވެއެވެ. އަދި ނިސްބަތުން ބަލާއިރު ވިޔަފާރި ކުރަން ހިނގި ހަރަދު ވެސް ވަރަށް ބޮޑުތަން އިތުރުވެފައިކަމަށް ހިސާބުތަކުން ދައްކައެވެ.

ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވަނީ، ޢާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި، ކޭޝްފްލޯގެ ދަތިކަމާއިހެދި ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނުތައް ލިބުން މެދުކެނޑިގެން ދިއުމެވެ.

ނިމިދިޔަ ސަރުކާރުގައި ބިން ހިއްކުމާއި ޢުމްރާނީ ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް އެކުންފުންޏަށް ޙަވާލުކުރެވުނެވެ.

ޓެގްސް: އެމްޓީސީސީ ޕަބްލިކް ކުންފުނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.