ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް

ހަބަރު

މަޖިލީހުގައި އޮތް މެޖޯރިޓީއާއިއެކު އެމްޑީޕީއިން ބޭނުންވީ މަޝްރޫޢުތައް ހުއްޓުވަން - ނައިބުރައީސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 މެއި 2024 , ހޮނިހިރު 14:55   349

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މަޖިލީހުގެ ބޮޑު އަޢްލަބިއްޔަތު (ސުޕަމެޖޯރިޓީ) ލިބިފައި އޮތްއިރު މަސައްކަތްކުރަމުން ދިޔައީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވަންކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދައުލަތު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމްޑީޕީ އެގޮތަށް މަސައްކަތްކުރެއްވި ނަމަވެސް އެކަން ކާމިޔާބު ވެފައިނުވާކަމަށެވެ.

މި ސަރުކާރު ވެރިކަމާއި ޙަވާލުވިއިރު ދައުލަތުގެ ބަޖެޓް ފާސްކުރެވިފައި ނުވާއިރު، ފަހުން ބަޖެޓް ބަޖެޓް މަޖިލީހުން ފާސްކުރިއިރު ވަނީ ސަރުކާރުން ހުށަހެޅުއްވި ގިނަ މަޝްރޫޢުތައް ކަނޑާލާފާއެވެ. އޭގެ ތެރޭގައި ސަރުކާރުން ހުށަހެޅި އާ ހުރިހާ މަޝްރޫއެއް ކަހަލަގޮތަކަށް ހިމެނެއެވެ. އަދި ކުރިން އެމްޑީޕީ އިން ކުރަން ނިންމާފައިވާ ކަންކަމާއި، ފަށާފައި ހުރި ވަރަށް ގިނަ ޕްރޮޖެކްޓްތަކުން ވެސް ވަނީ ބޮޑުބައެއް ކަނޑާލާފައެވެ.

ބަޖެޓަށް ބަދަލު ގެނައިއިރު އެމްޑީޕީ އިން ބުނެފައިވަނީ އެ ބަދަލުތައް ގެނެސްފައިވަނީ ދައުލަތުގެ މާލިއްޔާއިން އެފަދަ މަޝްރޫޢުތައް ހިންގުމަށް ޖާގަނުދޭތީކަމަށެވެ. ސަރުކާރުން ވަނީ ބަޖެޓުން ބޭރުން، ބޭރުގެ އިންވެސްޓަރުންނާއިރު، ލިބިވަޑައިގަންނަވާ ބާރުތަކާއިއެކު، ބައެއް ޕްރޮޖެކްޓްތައް ހިންގަން ވެސް ފަށާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުނުއިރު ސަރުކާރުން ވަނީ ކުރިން އެމްޑީޕީ އިން ހޯދާފައިވާ ގޮނޑިއަށް ވުރެވެސް ގިނަ ގޮނޑި ހޯދައި ސުޕާމެޖޯރިޓީ ސަރުކާރުކޮޅަށް އަނބުރާލާފައެވެ.

"މަޖިލީހުން ޒިންމާދާރުކަމާއެކީ ބިލުތަކަށް ބަހުސްކޮށް، މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް އަވަހަށް ނިންމަންޖެހޭ" ނައިބު ރައީސް އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.

ކުރިއަށް އާ މަޖިލީހުގައި ސަރުކާރުގެ ބޮޑު އަޢްލަބިއްޔަތު އޮތުމާއިއެކު ކަންކަން ބޭނުން ގޮތަކަށް ނިންމިދާނެއެވެ. އެކަމަކު މާލީ ގޮންޖެހުންތަކަކީ ކުރިމަތިލާންޖެހިފައިވާ ބޮޑު ގޮނެޖެހުމެކެވެ. ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ދަރަނިތައް ވެސް ބޮޑެތި ޢަދަދުން އެބަހުއްޓެވެ.

ޓެގްސް: އެމްޑީޕީ ނައިބްރައީސް ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.