ކުޅިވަރާއިބެހޭ ވަޒީރު ޢަބްދުއްﷲ ރާފިޢު

ހަބަރު

މިދިޔަ ސަރުކާރުން ފެށި ކުޅިވަރާއި ބެހޭ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓާނެ - ކުޅިވަރާއިބެހޭ ވަޒީރު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 މެއި 2024 , އަންގާރަ 09:43   31

މިދިޔަ ސަރުކާރުން ފަށާފައިވާ ކުޅިވަރާއި ބެހޭ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް، ކުރީގެ ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދާނެތޯ އާއި ކުޅިވަރުގެ ދާއިރާއިން ކުރީ ސަރުކާރުން ބަޖެޓްކޮށް ނުފެށި ހުރި މަސައްކައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނެތޯ ސުވާލު ކުރައްވައިފައެވެ.

ޖަވާބުގައި ރާފިއު ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ ކުޅިވަރާއިބެހޭ ބައެއް ޕްރޮޖެކްޓުތައް ހުރީ ނިމެން ކައިރިވެފައި ކަމަށެވެ. އަދި އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ވިސްނުން މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. ހަމައެހެންމެ ބައެއް ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށާއި، އެ މަސައްކަތްތައްވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން އުނިވީ ހަމައެކަނި ޔޫތް މިނިސްޓްރީއަށް ބަދަލުކުރެވުނު ޕްރޮޖެކްޓްތައް ކަމަށެވެ.

މީގެކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް އެ ޕްރޮޖެކްޓްތައް ހުއްޓާނުލައްވާނެ ވާހަކަ ތަކުރާރުކުރައްވާފައެވެ.

ޓެގްސް: ކުޅިވަރާއިބެހޭ ވުޒާރާ ތަރައްޤީގެ މަސައްކަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.