ފިޝަރީޒް މިނިސްޓަރު ޝިޔާމް

ހަބަރު

ޗައިނާގެ އުޅަނދުން ރާއްޖެއާއި ގުޅުންހުރިކަމެއް ނުކުރޭ - ފިޝަރީޒް މިނިސްޓަރ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 މެއި 2024 , ބުދަ 06:55   300

ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އިންވެގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ ވަށާ ބުރު ޖަހާފައިވާ އުޅަނދަކީ ރާއްޖެ އާއި ގުޅުންހުރި މަސައްކަތެއް ކުރަންއުޅުނު އުޅަނދެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ހިންގާ އެހެން އޮންލައިން ނޫހަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައެވެ.

މިހާރު އެނބުރި ގައުމަށް ފުރާފައިވާ ޗައިނާގެ ރިސާޗު އުޅަނދު، ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކުރުމަށްފަހު އެނބުރި ޗައިނާއަށް ފުރާފައެވެ. މިއީ ޗައިނާގެ ކަނޑު އަސްކަރިއްޔާގެ އެންމެ ޒަމާނީ އެއް އުޅަނދެވެ.

މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން މި އުޅަނދު ތިލަފުށީގައި ބަނދަރުކޮށްފައިވެއެވެ. އަދި ރާއްޖޭގެ އީއީޒެޑް ތެރެއަށް ވަދެފައިވާކަމުގެ ރިޕޯޓްތައް މީޑިއާގައި ތިލަވެފައިވެއެވެ.

މި އުޅަނދު ރާއްޖެވަށައި އެނބުރޭތާ ތިން މަސް ދުވަހަށްވުރެ ގިނަދުވަސް ވެފައިވެއެވެ.

ފުރަތަމަ މި އުޅަނދު ރާއްޖެއާއި ކައިރިއަށް ޖެހިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވިތާ 24 ގަޑިއިރު ފަހުން، ޖެނުއަރީ 14، 2024 ގަ އެވެ.

ޓެގްސް: ފިޝަރީޒް މިނިސްޓަރ ޗައިނާ-ރާއްޖެ ގުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.