ހައުސިންގ މިނިސްޓަރ، އޭދަފުށީ ހައުސިން މަޝްރޫއު ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެކު ސޮއިކުރުމުރުމަށްފަހި

ހަބަރު

ބ.އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އެޅުމަށް ޗައިނާ ކުންފުންޏަކާއިއެކު އެމްއޯޔޫއެއް ހަދައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 މެއި 2024 , ބުރާސްފަތި 06:46   310

ބާ އަތޮޅު އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އެޅުމާއިގުޅޭގޮތުން މެމަރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ/ މަހުމުނާމާ) އެއްގައި މިއަދު ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެވެ. ނަމަވެސް މަޝްރޫޢުއާއިގުޅޭ އިތުރު ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ މަނިކުފާނުވަނީ ރިޔާސީ ކެމްޕޭންތެރޭގައި އެރަށަށް ވަޑައިގެން، އެންމެ ގިނައިން ހައުސިންގ ޔުނިޓް އަޅައިދެއްވާނެ ރަށްކަމުގައި އިޢްލާންކުރައްވާފައެވެ.

"މުޅި ގައުމީ ހައުސިން ޕޮލިސީގެ ތެރެއިން މުހިންމު ކަމެއް ދެވޭ އެންމެ ގިނަ ހައުސިން ޔުނިޓު އެޅޭ އެއް ރަށް ކަމުގައި މި ރަށް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ޓެގްސް: ބ.އޭދަފުށި ޑރ. މުއިއްޒު ބޯހިޔާވަހިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.