ގަދަ ވަޔާއެކު، ކަނޑު ގަދަވުން/ ފޮޓޯ:އެމްއެންޑީއެފް

ހަބަރު

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަަހައްދަކަށް ޔެލޯ އެލާޓް ނެރެފި

ޒިހާނީ - ދިވެހި ރާއްޖެ | 18 މެއި 2024 , ހޮނިހިރު 10:39   1958

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ޔެލޯ އެލާޓްނެރެފައިވަނީ ހެނދުނު 10:00 ފެށިގެން މެންދުރު 14:00 އާ ހަމަޔަށެވެ.

މެޓް އޮފީހުން ބުނީ، އެލާޓްނެރެފައިވާ ވަގުތުތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

ކަނޑުތައް ގަދަވުމާއި ގުޅިގެން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ކޯސްޓްގާޑުން ވަނީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް ކޯސްޓްގާޑުން އިލްތިމާސްކޮށްފައި ވެއެވެ.

ރާއްޖޭގެ އެހެން ސަރަހައްދަުތަކުގެ މޫސުމާއަށް ބަލާއިރު، އެންމެ އުތުރުގެ 5 އަތޮޅު އޮތީ މެންދުރު 12:00 ޖެހުމާއި ހަމަޔަށް ވައިޓް އެލާޓުގަ އެވެ. ހއ އިން ރ އަތޮޅާއި ހަމަޔަށް، އެލާޓް ނެރެފައިވާ ވަގުތުތެރޭގައި ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންދާއިރު، މޫސުމަށް ސަމާލުވެ، ރައްކާތެރިވުުމުގެ ފިޔަވަޅު އެޅުމަށް މޫސުމާއި ބެހޭ އިދާރާއިންނާއި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީންނާއި، ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޓެގްސް: ވިއްސާރަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.