"ސައުދީ ޕާސްޕޯޓް" ސިމް އިފްތިތާހުކުރުން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ވިޔަފާރި

އުމްރާއާއި ހައްޖުގެ ދަތުރުުތަކުގައި ބޭނުންކުރަން ޚާއްސާ ރޯމިންގ ސިމެއް އޫރިދޫއިން ތައާރަފުކޮށްފި

ޒިހާނީ - ދިވެހި ރާއްޖެ | 20 މެއި 2024 , ހޯމަ 22:37   463

ދިވެހިންނަށް ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރަން ޚާއްސަ ރޯމިންގ ސިމެއް އޫރިދޫއިން ތައާރަފުކޮށްފި އެެވެ.

“ސައުދީ ޕާސްޕޯޓު”ގެ ނަމުގައި މިއަދު ތައާރަފު ކުރި މިސިމަކީ 15 ޖީބީ ޑޭޓާ އާއި، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެކެވެ. އެ ޕެކޭޖުގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99ރ ގެ މަގުންކަމަށް އުރީދޫއިން ބުނެއެވެ. އެއްހާސް ރުފިޔާ އަށް ވިއްކަން ނިންމާފައިވާ މި ސިލް ހައްޖާއާއި، އުމްރާއަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންނަށް ސައުދީއަށް ފުރުމުގެ ކުރިން ގަނެވޭނެ އިންތިޒާމު އޫރިދޫއިން ވަނީ ހަމަޖައްސާފަ އެވެ. އޫރިދޫއިން ބުނީ ސައުދީ އެއާރޕޯޓަށް ފައިބާ ފޯނަށް ސިމް ލެއްވުމުން ސިމް އެކްޓިވޭޓްވެ އިންޓަރނެޓްގެ ޚިދުމަތް ލިބޭނެކަމަށެވެ.

އޫރިދޫއިން މި ސިމް ތައާރަފްކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، އުރީދޫ މޯލްޑިވްސްގެ ސަޢޫދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.

މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދޭ. އުރީދޫ މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން.

~ އިސްލާމިކް މިނިސްޓަރު، ޑރ. ޝަހީމް އަލީ ސައީދު

މިއަހަރު ހައްޖަށްދާ މީހުންނަށް މިހާރު އެ "ސައުދީ ޕާސްޕޯޓް" ސިމް ގަނެވޭނެއެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ބެޗު ފުރަން ހަމަޖެހިފައިވަނީ 31 މެއި ވާ ހުކުރު ދުވަހުއެވެ.

ޓެގްސް: އުރީދޫ މުވާޞަލާތީ ޚިދުމަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.