ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ހަބަރު

ޚާރިޖީ ވަޒީރު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ފުރާވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 9 މެއި 2024 , ބުރާސްފަތި 07:04   355

ސަރުކާރުގެ ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފައިވާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާ އިން ބުނެފައިވަނީ މިދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި ގޮތް ޒަމާންވީ ގުޅުންތައް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.

މި ސަރުކާރާއިއެކު، އަވަށްޓެރި އިންޑީއާ އާއިއެކު އޮތް ގުޅުން ވަނީ ވަރަށްބޮޑަށް ހީނަރުވެފައެވެ. އަދި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސޯޝަލްމީޑިއާގައި އިންޑިއަށް ކުޑައިމީސް ވާގޮތަށް ކޮށްފައިވާ ޕޯސްޓްތަކާއިއެކު، ދެ ޤައުމުގެ ދެމެދުގައި ގުޅުން ގޯސްވެފައިވެއެވެ. ފަހުން ސަރުކާރުން ވަނީ އެކަމަށް މާފަށް ވެސް އެދި ވަޑައިގެންފައެވެ.

މި ސަރުކާރުން އިންޑިއާގެ ބޮޑުވަޒީ މޯދީ އާއި މިހާތަނަށް ބައްދަލުކުރައްވާފައި ނުވެއެވެ. މިއީ، ފަހުގެ ތަރީޚެއްގައި އިންޑިއާ އާއިއެކު ގުޅުން އެންމެ ގޯސް ފަހަރެވެ.

އިންޑިއާ އަކީ އަސާސީ އެތައްކަމެއްގައި ދިވެހިން ޒަމާނުއްސުރު ބަރޯސާވަމުން އަންނަ ޤައުމެކެވެ. އޭގެތެރޭގައި ބޭހާއި ކާޑުގެ ބާވަތްތަކާއި، ޢިމާރާތްކުރުމުގެ ސާމާނު އަންނަނީ އެތެރެކުރަމުންނެވެ.

އަދި މިސަރުކާރު އައުމާއި ހަމައަށް އިންޑިއާ އަކީ ދިވެހިރާއްޖޭ ޓޫރިޒަމް މާކެޓްގެ އެންމެ ބޮޑޫ ޙިއްޞާދާރެވެ. ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ލަކްޝަދީބުގައި ކުރެއްވި ޓުވީޓަކާއިއެކު، ފަތުރުވެރިންގެ ޢަދަދުތަކަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ.

އަދި އިންޑިއާގެ މިލިޓަރީ ސިފައިން ބޭލުމުގެ އެންމެ ފަހުގެ މަރުޙަލާގެ މަސައްކަތް ވެސް އަންނީ ކުރަމުންނެވެ.

ޓެގްސް: ފޮރިން މިނިސްޓްރީ މޫސާ ޒަމީރު ޓޫރިޒަމް އިންޑިއާ ސިފައިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.