ދިރާގުގެ ހެޑްއޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ބައިވެރިވެވަޑައިގަންނަވަނީ. މިދިޔަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި...

ހަބަރު

މިދިޔަ އަހަރު ދިރާގަށް 896 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެކުންފުނިން ބުނެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 އޭޕުރިލް 2024 , ހޯމަ 16:46   824

މިދިޔަ އަހަރު ދިރާގަށް 896 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ނެރެފައިވާ މާލީ ރިޕޯޓްގައި ބުނެފައިވަނީ ނިމިދިޔަ އަހަރަކީ އެކުންފުންޏަށް މާލީގޮތުން ފާގަތި އަހަރެއްކަމަށެވެ.

މިގޮތުން ނިމިދިޔަ 2023 ވަނަ އަހަރު، ޖުމްލަ ޢާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، ސާފު ފާއިދާގެ ގޮތުގައި 896 މިލިއަން ރުފިޔާ ހޯދިފައިވެއެވެ.

އޭގެ ކުރީ އަހަރު ޢާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2,586ރ. އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 909 މިލިއަން ރުފިޔާއެވެ.

ދިރާގުން އެކުންފުނީގެ އެންމެ ފަހުގެ އަހަރީ ޢާއްމު ޖަލްސާ ބާއްވާފައިވަނީ ކްރޮސްރޯޑް މޯލްޑިވްސްގައެވެ. އެޖަލްސާގައި ފާސްކޮށްފައިވާގޮތުން އިންޓެރިމް ޑިވިޑެންޑުގައި ގޮތުގައި 1.66ރ އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 5.84ރ. ބެހޭނެއެވެ.

ޓެގްސް: ދިރާގު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.