ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ މަރްޔަމް މާރިޔާ

ހަބަރު

މި ސަރުކާރުން ހުޅުވާލި ފުރުަތަމަ ލޯންސްކީމަށް ޝަރުތުހަމަވާ ހުރިހައި ދަރިވަރުންނަށް ލޯނުދިނުމަށް ރައީސް ނިންމަވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 އޭޕުރިލް 2024 , ހޯމަ 23:15   453

ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިކަން އިޢުލާންކުރެއްވީ މިހާރު ކުރިއަށްދާ "އަހާ" ފޯރަމްގެ ތެރެއިންނެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހުއެވެ.

މިއީ މިސަރުކާރުން ލޯނަށް ހުޅުވާލެއްވި ފުރަތަމަ ފަހަރުވެސްމެއެވެ. ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް، ފުރުޞަތު ފުރަތަމަ ހުޅުވާލީ 500 ފުރުޞަތާއިއެކު، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން ސުންގަޑި އަންނަމަހުގެ 2 ގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްދެއްވާއިވެއެވެ.

ހުޅުވާލާފައިވާ 500 ފުރުޞަތުގެ ތެރެއިން، 370ފުރުޞަތު ޚާއްޞަކޮށްފައިވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކަށެވެ. އަދި 130 ފުރުޞަތު ޚާއްޞަކޮށްފައިވަނީ މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށެވެ.

ފޯރަމްގައި މީހަކުކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސްގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުންކަމަށެވެ.

އެގޮތުން ސްޓޫޑެންޓް ލޯނަށް މިބުރުގައި ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން މި ފޯރަމްގެ ތެރެއިން ވަޒީރު ވަނީ އިޢުލާންކުރައްވާފައެވެ.

ޓެގްސް: ތަޢްލީމް މަތީ ތަޢުލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.