ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި އިއްޔެ ވޯޓުލުންކުރިއަށް ދަނީ

ހަބަރު

ކައުންސިލްތަކުގެ ބައި-އިލެކްޝަން، 4 ގޮނޑި ޕީއެންސީއަށް، 1 ގޮނޑި އެމްޑީޕީ އަށް، ޑިމޮކްރެޓްސް އަށްވެސް މިފަހަރު ގޮނޑިއެއް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 މެއި 2024 , އާދީއްތަ 00:52   322

ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ހުސްވެފައިވާ މެންބަރުކަމުގެ ބައެއް ގޮނޑީގެ 6 ބައި އިލެކްޝަން އިއްޔެ ބާއްވާފައިވާއިރު އޭގެތެރެއިން 4 ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ. އަނެއް ގޮނޑި ލިބުނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ.

އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ، ހއ. ތަކަންދޫ އަދި ރ. އިންނަމާދޫ, އަދި މ.މަޑުއްވަރީގެ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރުމަށެވެ.

އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ހަމައެކަނި ނ. ލަންދޫ ކައުންސިލްގެ ގޮނޑިއެވެ. އަދި ދަ ޑިމޮކްރެޓްސް އަށް ކާމިޔާޞުކުރެވުނީ މ. މަޑުއްވަރީ ގޮނޑިއެވެ. މިއީ ޑިމޮކްރެޓްސް ޕާޓީއަށް އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.

.ހއ. އުތީމު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ، ޕީއެންސީގެ އިބްރާހީމް ސުނާންއެވެ. ނ. ލަންދޫގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރީ، އެމްޑީޕީގެ އާރިފެވެ. ނ. ވެލިދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ އަބްދު ރައްޒާޤްއެވެ. ހއ. ތަކަންދޫ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ސަމީނާ މުޙައްމަދެވެ.ރ. އިންނަމާދޫގެ ގޮނޑި ކާމިޔާބުކުރީ، ޕީއެންސީގެ އާއިޝަތު ސަމާހާއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް 70 އަށްވުރެ ގިނަ ގޮނޑި ގެންގޮސްފައިވަނީ ޕީއެންސީގެ ތާޢީދު އޮތް ކެންޑިޑޭޓުންނެވެ.

މިއީ ދަ ޑިމޮކްރެޓްސް ޕާޓީއިން އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސްމެވެއެވެ.

ލޯކަލް ކައުންސިލް އިންތީޚާބުގެ ވޯޓުލުން އޮންނާނީ 2026 ވަނަ އަހަރުއެވެ.

ޓެގްސް: ޕީއެންސީ ލޯކައުންސިލްތައް އިންތިޚާބު ދަ ޑިމޮކްރެޓްސް އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.