ދޯންޏަކުން މަސްބާނަނީ

ހަބަރު

ފުރަތަމަ ހަތަރުމަހު ބޭރުކުރި މަހުގެ ޢަދަދު ދަށްވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 މެއި 2024 , އާދީއްތަ 19:27   468

މިއަހަރުގެ ފުރަތަމަ ހަތަރުމަސްތެރޭ ރާއްޖެއިން ބޭރުކުރި މަހުގެ ޢަދަދު ދަށްވެއްޖެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަސް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަތަރުމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 14،400 މެޓްރިކްޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއި 48 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ ފުތަރަމަ ހަތަރުމަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 27،700 މެޓްރިކްޓަނުގެ މަހެވެ.

ޖެނުއަރީ އިން ފެށިގެން ބޭރުކުރާ މަހުގެ ޢަދަދު ދަށްވަމުން ގޮސްފައިވެއެވެ. ޖެނުއަރީ މަހު އެކަނި ވެސް 47.7 އިންސައްތަ ދަށްވެފައިވާއިރު، މަޗުމަހު 68.4 އިންސައްތަ ދަށްވެފައިވެއެވެ.

އެމްއެމްއޭ ގެ ރިޕޯޓުގައި ވާގޮތުން ޢަދަދުތައް ދަށްވާންފެށީ މިދިޔަ އަހަރު ފަހުކޮޅު ރިޔާސީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން މަހުގެ އަގު ބޮޑުކުރުމުންނެވެ. އޭރު ސަރުކާރުން ބުނެފައިވަނީ މަހުގެ އަގު މަތިކުރީ ޔޫރަޕަށް ބޭރުކުރާ މަހަށް ނަގާ ޓެކުހުން ކެނޑޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮތްކަމަށް ބުނެއެވެ.

އޭގެ ފަހުން، މަސްވެރިންނަށް ފައިސާ ދިނުމުގައި ވެސް ސަރުކާރަށް ވަނީ ބޮޑެތި ގޮނެޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި އާ ސަރުކާރުން މަހުގެ އަގު އަނެއްކާވެސް ތިރިކޮށްފައިވެއެވެ.

އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބޮޑުބައެއް ދައްކައި ޚަލާސްކޮށްފައިވެއެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް މިފްކޯ މުދާ ބޭރުކުރުން އެމްއެމްއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.