އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމުން ރިޓަޔަރކުރައްވާފައިވާ އިސްމާޢިލް ޙަބީބް

ހަބަރު

އިސީ މެމްބަރުން ރިޓަޔާރކުރާއިއިރު އެލެވެންސް ދެވޭ އިސްލާޙް ފިނޭންސުން އުވާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 މެއި 2024 , އާދީއްތަ 19:38   370

އިލެކްޝަންސް ކޮމިޝަން (އިސީ) ގެ މެމްބަރުން ދެ ދައުރު އަދާކޮށްފައިވާ ނަމަ އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހު ފިނޭންސް މިނިސްޓްރީ އިން އުވާލައިފިއެވެ.

އަދި އިލެކްޝަންސް ކަމިޝަނުން ވަނީ މިހާރު އެޤަވާޢިދު ބާޠިލުކޮށްފައިކަމަށް މަޢްލޫމާތު ލިބެއެވެ.

މިބަދަލު ޤަވާއިދަށް ގެނެސް އެކޮމިޝަނުން އުސޫލެއް ފާސްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަސްތެރޭގައެވެ. އުސޫލްގައި ވާގޮތުން މަދުވެގެން 10 އަހަރު އެ ކޮމިޝަނަށް ޚިދުމަތްކޮށްފައިވާނަމަ 55 އަހަރުވުމުން ރިޓަޔަރ ކުރާއިރު މުސާރައިގެ 75 އިންސައްތަ އާއި ހަމައަށް ޢިނާޔަތް ލިބެއެވެ.

އެލެކްޝަނުން ބުނެފައިވަނީ، މިޤަވާޢިދު ފާސްކޮށްފައި ވީނަމަވެސް ޢަމަލުކުރަން ފަށާފައިނުވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމުމާއި ގުޅިގެން އެހެން މިނިވަން މުވައްސަސާތަކުން ވެސް އައީ އެފަދަ އުސޫލްތަކެއް ހެދުމަށް މަސައްކަތްކުރަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ.

ޓެގްސް: އިލެކްޝަންސް ކަމިޝަން ސަރުކާރުގެ ޚަރަދުތައް މުސާރައިގެ އޮނިގަނޑު މިނިވަން މުވައްސަސާތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.