އައިޖީއެމްއެޗް

ހަބަރު

ޑެންގީ އާއި ޗިކެންގުންޔާ ހުން ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 މެއި 2024 , ހޯމަ 07:15   36

ޗެކެންގުންޔާ ޑެންގީ ހުން ހަލުވިކަމާއިއެކު ފެތުރެމުން އަންނަކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

ޑެންގީ ހުން ޖެހިގެން ހަ ކުޑަކުއްޖަކަށް އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވާކަމަށް ވެސް ބުނެފައިވެއެވެ. އޭގެތެރޭގައި ތުއްތު ކުދިން ހިމެނެއެވެ.

އަދި އެކުދިންގެ ތެރެއިން ބައެއް ކުދިންނަށް ލޭ ވެސް އަޅަންޖެހިފައިވާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެފައިވެއެވެ.

ޑެންގީ އަކީ އީޑީސް މަދިރިން ޖައްސާ، ނުރައްކާތެރި ހުމެކެވެ. މި ބަލި ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު އެ މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުން އެމީހެއްގެ ގަޔަށް ބަލީގެ ވައިރަސް އެރުމުންނެވެ. މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގަދައަށް ހުން އައުމާއި ގަދައަށް ބޮލުގައި ރިއްސުމާއި މަސްތަކާ ހުޅުތަކުގައި ރިއްސުމެވެެ.

ޑެންގީހުން ޖެހުމުން ފެންނަ ސީރިއަސް އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުން ލޭ އައުމާއި ނޭވާލާން ދަތިވުމާ އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުން ހިމެނެއެވެ.

ޓެގްސް: ސިއްޙަތު އައިޖީއެމްއެޗް ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.