އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް

ހަބަރު

އެމްއޭސީއެލް އިން ބާއްވާ ފުރަތަމަ އެމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމް ފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 މެއި 2024 , ހޯމަ 14:21   398

"އެއަރޕޯޓް އެމަރޖެންސީ އެންޑް ރެސިލިއަންސް ފޯރަމް" ގެ ނަމުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބާއްވާ ފުރަތަމަ އެމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމް ފަށައިފިއެވެ.

މިފޯރަމް ފަށާފައިވަނީ ކްރޮސްރޯޑްސް ގައެވެ. ފޯރަމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް މުޢާޒް ޙަލީމެވެ.

ފޯރަމްގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި އެހެނިހެން ވެރިންނާއި އިތުރު ސްޓޭކްހޯލްޑަރުން ބައިވެވަޑައިގެންފައިވެއެވެ.

ފޯރަމް ފައްޓަވައިދެއްވަމުން ސްޓޭޓް މިނިސްޓަރ މުޢާޒް ޙަލީމް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ގައުމުގެ އެންމެ މުހިއްމު ޢިމާރާތްތައް ގާއިމު ކުރވިފައިވާ ތަން ކަމުގައިވާއިރު، އެއަރޕޯޓަށް ހާއްސަ ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައިހުރުން މުހިއްމު ކަމަށެވ.ެ އަދި އެއަރޕޯޓުގެ އޮޕަރޭޝަންތަކުގައި އަވަސް އިމަރޖެންސީ ރެސްޕޮންސް ކަށަވަރުކުރުމަށާއި، ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ ަ މެދުގއި ކޯޑިނޭޝަން ވަރަށް މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވީ ެއަރޕޯޓުގެ ފަސިންޖަރ ޓްރެފިކް އިތުރުވެ، މުޅި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެއަރޕޯޓުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާއިރު، މިމަޝްރޫޢުތަކުގެ ހުރިހާ މަރުޙަލާތަކެއްގައި ވެސް ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއ،ި ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބާދިނުމުގައި މިހާރަށް ވުރެ ބޮޑަށް ތައްޔާރުވ،ެ އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތްކުރުން ހަރުދަނާ ކުރުމެވެ. މ ާ ި ފޯރަމްގައި ސެކިއުރިޓީއާއި އެމަރޖެންސީ ޙލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާއިބެހޭގޮތުން އެ މުއައްސަސާތަކުން މަޢުލޫމާތު ހުށަހަޅައިދޭނެއެވެ. އަދި ސެކިއުރިޓީ އެމަރޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއް ކުރިޔަށް ގެންދާނެއެވ.ެ މިއީ ހުރިހާ މުއައްސަސާތައް ގުޅިގެން އަސްލު އެމަރޖެންސީ ޙާލަތެއްގައި ޢަމަލު ކުރާގޮތަށް ކުރިޔަށްދާ އެކްސަސައިޒެކެވ.

މިއީ އެ އެއާޕޯޓުން ބާއްވާ މިފަދަ ފުރަތަމަ ފޯރަމްއެވެ.

މި ލިޔުމާއިގުޅޭ ފޮޓޯތައް:

މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް މުޢާޒް ޙަލީމް
ފޯރަމްގެ ބައިވެރިން
ޓެގްސް: އެެމްއޭސީއެލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.