ސަރުކާރުގެ ވަޒީރުން ރާއްޖެއިން ބޭރަށް ކުރަން ހަމަޖެހިފައިވާ ދަތުރުތަކާއި ގުޅޭ ތަފްޞީލްތައް ސަރުކާރުން ހާމަކޮށްފިއެވެ.
ތާވަލުކުރެވިފައިވާގޮތުން ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ހަތް ދަތުރެއް ކުރުމަށް ރޭވިފައިވާކަމަށް ރައީސް އޮފީހުންބުނެއެވެ.
މިމަޢްލޫމާތުތައް ޢާއްމުކުރައްވާފައިވަނީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދެވެ.
ވަޒީރުންގެ ދަތުރު ޝެޑިއުލްކުރެވިފައިވާގޮތް
- ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އަރަބި ޓެރެވެލް މާކެޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫއޭއީއަށް ވަޑައިގަތުން
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފައިނޭންޝިއަލް ސާވިސްގައި ބައިވެރިވެވަޑައިގަންނަވަން ލަންޑަނަށް ވަޑައިގަތުން
- ހޯމް މިނިސްޓަރު އަލީ އިހުސާން، ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަން ގަތަރަށް ވަޑައިގަތުން
- އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު، ކޮމަންވެލްތުގެ އެޑިއުކޭޝަން މިނިސްޓާސްގެ ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވަން ލަންޑަނަށް ވަޑައިގަތުން
- ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު، ސްޕޯޓްސް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން އުޒުބެކިސްތާނަށް ވަޑައިގަތުން
- ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް، ވޯލްޑް ޓޫނާ ޓްރޭޑް ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވަން ބެންކޮކަށް ވަޑައިގަތުން
- ފޮރިން މިނިސްޓަރު މޫސާ ސަމީރު، އަވައްޓެރި އިންޑިއާއަށް ވަޑައިގަތުން
ސަރުކާރުން މިމަޢްލޫމާތުތައް ހާމަކޮށްފައި ވީނަމަވެސް ސިދާ ދަތުރުކުރައްވާނެ ތާރީޚްތައް ހާމަކުރައްވާފައިނުވެއެވެ.
ރާއްޖެއިން ބޭރަށް ކުރާ ދަތުރު ދަތުރުތަކުގެ މަޢްލޫމާތު ވީހާވެސް ހާމަކަން ބޮޑު ގޮތަކަށް ހާމަކުރައްވާނެކަމަށް މީގެ ކުރިން ވެސް ސަރުކާރުން ބުނެފައިވެއެވެ.