ފި

ހަބަރު

ސިފައިންގެ ފްލެޓްތައް ތިންވަނަ ފަރާތަކަށް ނުދިނުމަށް އިންޒާރުދީފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 އޭޕުރިލް 2024 , އާދީއްތަ 11:32   425

ސިފައިންގެ ފްލެޓްތައް ތިންވަނަ ފަރާތަކަށް ނުދިނުމަށް، ސިފައިންގެ ކުންފުނި (ސިފްކޯ) އިން އިންޒާރުދީފިއެވެ.

ސިފައިންނަށް ދޫކުރުމަށް އަމާޒުކޮށްގެން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތައް ޚާއްޞަކޮށްފައިވަނީ ސިފައިނަށް އެކަނިކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އަދި އެއްބަސްވުންތައް ހެދިފައިވާނީވެސް އެގޮތަށް ޝަރުޠުކުރެވިގެންކަމަށެވެ.

މި ފްލެޓްތައް މިހާރުވެސް ގިނަ ފަރާތްތަކަކުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވީނަމަވެސް، އިންޒާރު ދިނުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައިނުވާކަމަށް އެމްއެންޑީއެފް އިން މަޢްލޫމާތު ދެއްވައެވެ.

ބައެއް ފަރާތްތަކުން އަންނަނީ އެ ފްލެޓްތައް ކުއްޔަށް ދޫކުރަންހުރިކަމަށް އިސްތިހާރުވެސް ކުރަމުންނެވެ.

ކުރީގެ ޕީޕީއެމް ސަރުކާރުން އަޅަންފެށި 345 ފްލެޓަށް މީހުން ވަންނަން ފަށާފައިވަނީ މިދިޔަމަހުއެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިފައިންނަށް ދޫކުރި ގިނަ ފްލެޓުތައް މިހާރު ވެސް ހުރީ ދެ ވަނަ ފަރާތަކަށް ކުއްޔަށް ދީފަ އެވެ. ފްލެޓުތައް ލިބުނު ސިފައިންގެ އެ އާއިލާތައް ދިރިއުޅެނީ އެހެން ތަންތަނުގަ އެވެ.

ތިން ޓަވަރުގައި އިމާރާތް ކޮށްފައިވާ 345 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށް، ބައެއް ތަންތަނަށް ވަނީ މީހުން ބަދަލުވެފަ އެވެ. ނަމަވެސް، ބައެއް ފްލެޓުތައް ކުއްޔަށް ދިނުމަށް އެކި ތަންތަނުގައި އިސްތިހާރު ކޮށްފައި ވެސް ހުއްޓެވެ. ޖުމްލަ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ފްލެޓްތައް އެޅުމަށް ޚަރަދުކޮށްފައިވެއެވެ.

ޓެގްސް: އެޕާޓްމެންޓްތައް އެންއެންޑީއެފް ޕޮލިސް ހުޅުމާލެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.