މާލޭގައި ފެންބޮޑޫވެފައިވާ މަންޒަރު

ހަބަރު

މުޅި ދިވެހިރާއްޖެއަށް ވައިޓްއެލާޓް ނެރެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 އޭޕުރިލް 2024 , ހޯމަ 11:10   33

މޫސުމާއި ބެހޭ އިދާރާއިން މުޅި ދިވެހިރާއްޖެއަށް ވައިޓްއެލާޓްގެ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ މެންދުރާއި ހަމައަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑު ބައެއް ގެތަކަށް ގެއްލުން ލިބިފައިވެއެވެ. އައްޑޫސިޓީގައި 40 އަށްވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ބ. ގޮއިދޫއަށެވެ. އެ ރަށަށް 81 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ށ. ފުނަދޫ އާއި އއ. ތޮއްޑޫ އާއި އެ އަތޮޅު ހިމަންދޫ އަދި އދ. މާމިގިލީގެ އިތުރުން ލ. ކައްދޫއަށް ވެސް 50 މިލިމީޓަރަށް ވުރެ ގިނައިން ވާރެވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށް މޫސުމާއިބެހޭ އިދާރާއިން ބުނެއެވެ.

ޓެގްސް: ވިއްސާރަ ފެންބޮޑުވުން މެޓް އޮފީސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.