ބްރެޒިލްގެ ޤައުމީޓީމުގެ ކުޅުންތެރިޔާ، ހުނަރުވެރި ފޯވާޑު ގެބްރިއެލް ޖީސަސް

ކުޅިވަރު

ފުޓްބޯލް: އާސެނަލްގެ ފޯވާޑް ޖީސަސް ކުރިއަށް ސީސަނުގައި ޓީމާއި ދުރަކަށްނުދާނެ

އަލީ އަޒްޔަން - ޔޫރަޕް | 4 މެއި 2024 , ހޮނިހިރު 15:33   446

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ހުކުރު ދުވަހު ބުނީ ފޯވާޑް ގެބްރިއަލް ޖީސަސް މި ހޫނު މޫސުމުގައި އެ ކްލަބު ދޫކޮށްލުމުގެ ހުއްދަ ދިނުމުގެ ވިސްނުމެއް އެ ކްލަބުން ނެތް ކަމަށެވެ.

މި ހަފްތާގެ ކުރީކޮޅު ރިޕޯޓްތައް ބުނެފައިވާގޮތުން އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ، ސީޒަން ނިމޭއިރު ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އޮންނާނެއެވެ. އަދި އާސެނަލް އިން ކުޅުތެރިޔާ އާއިގުޅޭ ރަނގަޅު ހުށަހެޅުންތަކެއް ބަލަމުންއަންނަކަމަށެވެ.

ޖީސަސް ވަނީ މި ސީޒަނުގައި ކުޅުނު 33 މެޗުން އަށް ގޯލު ޖަހައިދީފައި ކަމަށާއި އޭނާ ވަނީ މުހިންމު ގޮތެއްގައި ފޯވާޑެއްގެ ގޮތުގައި ކުޅެފައި ނަމަވެސް އައުޓް ވައިޑް ވެސް ކުޅެފަ އެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ލިބުނު އަނިޔާއަކާ ގުޅިގެން ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ވަނީ ކަކުލުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. ޖެނުއަރީ މަހު ދެވަނަ ފަހަރަށް ކުޑަ އޮޕަރޭޝަނެއް ކުރި އިރު، މިދިޔަ މަހު އޭނާ ވަނީ "ތަދު ނުވެ ފުޓްބޯޅަ ކުޅުނު އެންމެ ފަހު ދުވަސް ހަނދާން ނުނެތޭ" ކަމަށް އެއްބަސްވެފަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ކްލަބު ދޫކޮށްފާނެ ކަމުގެ ޝައްކުތަކާ ގުޅޭ ގޮތުން ހުކުރު ދުވަހު ސުވާލު ކުރުމުން އާޓެޓާ ބުނީ މިއީ ކޮންތާކުން ކަމެއް ނޭނގެ ކަމަށެވެ.

2022 ވަނަ އަހަރު މެންޗެސްޓާ ސިޓީން 45 މިލިއަން ޕައުންޑް (56.5 މިލިއަން ޑޮލަރު) އަށް އާސެނަލްއާ ގުޅުނު ޖީސަސް އަށް ކެމްޕޭން ނިމުމުން، ދޫކޮށްލުމުގެ ވިސްނުމެއް އޮތްތޯ ބެލުމަށް ބާރު އަޅަމުން އާޓެޓާ ޖަވާބު ދިނީ "ނޫން ނޫން" ކަމަށެވެ.

މުއްދަތު އިތުރުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، ޖޯޖިނިއޯ ވަރަށް އަވަހަށް އާ އެއްބަސްވުމަކަށް އެއްބަސްވާނެ ކަމަށް އުންމީދުކުރާ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

"އަހަރެން ވަރަށް ލޯބިވާނެ އޭނާ ގެންގުޅެން،" އާޓެޓާ ބުންޏެވެ. "އޭނާއަށް އެކަން އެނގޭ. އެކަމަށް ކްލަބުން ފުރިހަމައަށް ސަޕޯޓް ކުރޭ. އޭނާ އަކީ އަހަރެމެންނާއެކު، ދަނޑުގެ ތެރޭގައާއި ދަނޑުން ބޭރުގައި ވެސް ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާ އަހަރެމެން ރަނގަޅު ކޮށްދޭތީ އަހަރެމެން ބޭނުންވަނީ އޭނާ މަޑުކުރަން." އާޓެޓާ ބުންޏެވެ.

ޓެގްސް: ފުޓުބޯޅަ ބްރެޒިލް އާސެނަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.