ކޯވިޑްގެ ފަހުން ބޭއްވޭ މިފަދަ އެންމެ ކުލަގަދަ ޙަރަކާތަށް ވެގެންދާނެ

ކުޅިވަރު

އޮލިމްޕިކްސް ފްރާންސް 2024، 100 ދުވަސްކުރިން، ޓޯޗް ދިއްލުން އަންގާރަ ދުވަހު ސްގީސްގައި

އަލީ އަޒްޔަން - ދުނިޔެ | 15 އޭޕުރިލް 2024 , ހޯމަ 12:34   480

އޮލިމްޕިކްސް ފްރާންސް 2024، ޓޯޗް ދިއްލުން 100 ދުވަސްކުރިން ގްރީސްގައި ފަށައިފިއެވެ.

ފްރާންސްގެ ޕެރިހުގައި ޖުލައި 26 އިން އޯގަސްޓްމަހުގެ 11 އަށް ބޭއްވޭ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ވެގެންދާނީ، ކޯވިޑްގެ ބަލިމަޑުކަމަށްފަހު ބޭއްވޭ މިފަދަ އެންމެ ކުލަގަދަ ޙަރަކާތައްކަމަށް މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ގްރީސްގެ ރައީސް ކެޓެރީނާ ސަކެލާރޯޕޫލޫ އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބާކް އިސްކޮށް ހުންނަވައިގެން އަންގާރަ ދުވަހު ބާއްވާ މި ރަސްމިއްޔާތުގައި 600 އެއްހާ އިއްޒަތްތެރިން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

މި ޙަރަކާތުގައި މީލާދީން 776 ވަނަ އަހަރު އޮލިމްޕިކްސް އުފަންވި ގްރީސްގެ ހުޅަނގު ދެކުނުގެ އޮލިމްޕިއާގައި ޕެރަބޮލިކް ޕޮލިޝްޑް ލޯގަނޑެއްގެ އެހީގައި ގަދީމީ ތަނެއްގައި އަންހެން ކުދިންގެ ރޯލުން ފެނިގެންދާނެ އެވެ.

މި ސަގާފަތް އާލާކުރީ 1936 ވަނަ އަހަރު ބާލިން ގޭމްސް އަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިފަހަރުގެ ފުރަތަމަ ރިލޭ ދުވުންތެރިޔަކީ ގްރީސްގެ 2020 އޮލިމްޕިކްސް ރޯވިން ޗެމްޕިއަން ސްޓެފަނޯސް ޑޫސްކޯސް އެވެ.

އޮލިމްޕިކް ބައްތި ޕެރިސް 2024 އިންތިޒާމްކުރާ ފަރާތްތަކާ ހަވާލުކުރާނީ 1896 ވަނަ އަހަރުގެ ފުރަތަމަ ޒަމާނީ އޮލިމްޕިކް ގޭމްސް ބޭއްވި ހުރިހާ މާބަލް ޕެނަތެނައިކް ސްޓޭޑިއަމްގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ޕާފޯމް ކުރުމަށް ދައުވަތު ދީފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޮލޯވަރުން އުޅޭ އުމުރުން 89 އަހަރުގެ ގްރީކް ލަވަކިޔުންތެރިޔާ ނާނާ މޫސްކޫރީ އެވެ.

އޭޕްރީލް 27 ވަނަ ދުވަހު ބައްތި ފްރާންސަށް ދަތުރު ފަށާނީ އެތެންސް 1896 ގޭމްސް އަށް ފަހު ހަފްތާއެއްހާ ދުވަސް ފަހުން ލޯންޗުކުރި 19 ވަނަ ގަރުނުގެ ތިން މާސްޓް ބާކް ބެލެމް ބޯޓުގައެވެ.

ޓެގްސް: ފްރާންސް އޮލިމްޕިކްސް އެތްލެޓިކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.