ނަގޫރޯޅި އެރުމުގެ ސަބަބުން ސުންނާފަތިވެފައިވާ ސަރަޙައްދެއްގައި

ދުނިޔެ

އެމެރިކާ، އޮކްލަހޯމާ އަށް އެރި ނަގޫރޯޅި އާއިއެކު ގެއްލުއްތަކެއްވެއްޖެ

އަލީ އަޒްޔަން - އެމެރިކާ | 28 އޭޕުރިލް 2024 , އާދީއްތަ 23:28   515

މި ހަފްތާ ބަންދުގައި އެމެރިކާގެ އޮކްލަހޯމާއަށް ނަގޫރޯޅީގެ ތޫފާންތަކެއް އަރައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އާދީއްތަ ދުވަހު ބުނެފި އެވެ.

ހުކުރު ދުވަހުން ފެށިގެން ރިޕޯޓްކޮށްފައިވާ ދިހަވަރަކަށް ތޫފާން ގައުމުގެ މެދުތެރެއަށް ބޮޑު ގެއްލުމެއް ދީފައިވާއިރު، އުދައެރުމުގެ ފާރަވެރި އިންޒާރުތަކަށް އަދިވެސް އަންނަނީ ބަލަމުންނެވެ.

އޮކްލަހޯމާގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ގާތްގަނޑަކަށް 5،000 މީހުންގެ އާބާދީއެއް އޮންނަ ހޯލްޑަންވިލް އަށް ތޫފާނެއް އައިސް ދެ މީހަކު މަރުވެ ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށް ހޫޒް ކައުންޓީގެ އިމަޖެންސީ މެޑިކަލް ސާވިސަސް އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ހޯލްޑަންވިލް އޮންނަނީ އޮކްލަހޯމާ ސިޓީއާ ގާތްގަނޑަކަށް 80 މޭލު ދުރުގަ އެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ނިޔަލަށް އޮކްލަހޯމާގައި ގާތްގަނޑަކަށް 33،000 ގޭބީސީތަކަށް ކަރަންޓް ނެތް ކަމަށް ކަރަންޓް ކެނޑުން ޓްރެކް ކުރާ ޕަވަރއައުޓޭޖް.ޔޫއެސް އިން ބުނެ އެވެ. ޓެކްސަސްގައި ގާތްގަނޑަކަށް 67،000 ފަރާތަކަށް ކަރަންޓް ނުލިބެއެވެ.

އޮކްލަހޯމާގެ ދެކުނުގެ ކައުންޓީ ސަލްފަރ އާއި މާރިއެޓާގެ ވަށައިގެން ވެސް ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޮކްލަހޯމާގެ އޮފީސް އޮފް އިމަޖެންސީ މެނޭޖްމަންޓުން ބުނެ އެވެ.

ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޯއާ) އިން ބުނާ ގޮތުގައި ޖައްވުގެ ހުރިހާ ތޫފާންތަކުގެ ތެރެއިން އެންމެ ވަރުގަދަ އަދި ފަނާކުރަނިވި ހާދިސާތަކުގެ ތެރޭގައި ނަގޫރޯޅި ތޫފާންތައް ހިމެނޭކަމަށް މެޓަރޮލިޖިސްޓުން ދެކެ އެވެ. ޓޯރނޭޑޯ އަކީ ގުގުރުމަކުން ފެށިގެން ބިމާއި ހަމައަށް ވައިގެ ހަނި، ވަރުގަދައަށް އެނބުރޭ ކޮލަމެކެވެ. ވައިރޯޅިއަކީ ނުފެންނަ އެއްޗަކަށް ވާތީ ފެންތިކިތަކާއި ދުންތަކާއި ކުނިކޮޅުތަކުން ކޮންޑެންސޭޝަން ފަނަލެއް އުފެދިގެން ނޫނީ ތޫފާނެއް ފެންނަން ދަތިވެ އެވެ.

ހުކުރު ދުވަހުން ފެށިގެން ސަތޭކައަށް ވުރެ ގިނަ ތޫފާން އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓެގްސް: އެމެރިކާ ވިއްސާރަ ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.