ބެލްގްރޭޑްގެ ނިކޮލާ ޓެސްލާ އެއާޕޯޓުން ފެށިގެން ރަތް ދިދަތައް މޮޓޯވޭގެ ހުރިހާ މަގެއްގައި ސާބިއާގެ ވެރިރަށުގެ އެންމެ އެތެރެއާއި ހަމައަށް އަޅާފައި ހުއްޓެވެ.
މިއީ ޗައިނާއާއެކު “ވަރުގަދަ އެކުވެރިކަމުގެ” ފަޚުރުވެރިވާކަން ސާބިއާއިން ދައްކާ ގޮތެވެ. އަދި ޝީ ޖިންޕިންގ އަށް ބެލްގްރޭޑް އިން ކިޔާފައިވަނީ ހޫނު މަރުޙަބާއެކެވެ.
އާންމުކޮށް ޖެނެކްސް ޓަވަރުގެ ނަމުން މަޝްހޫރު ހުޅަނގު ސިޓީ ގޭޓުގައި މުޅި އެއް ޓަވަރު ޗައިނާގެ ގައުމީ ކުލަތަކުން ޑްރެޕްކޮށްފައިވެ އެވެ.
އެކަމަކު ޔޫރަޕިއަން ޔޫނިއަންއާ ގުޅުމުގެ މަޝްވަރާތައް ކުރިއަށްދާއިރު ވެސް ފާއިތުވި އަހަރުތަކުގައި ސާބިއާ އިން ޗައިނާއާ ގުޅުން ވަރުގަދަ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޝީ އޭނާގެ ދަތުރު ބޭނުންކޮށްގެން ނޭޓޯއަށް ކުރާ ފާޑުކިޔުންތައް އަލިއަޅުވާލާނެކަމަށްވެއެވެ. މި ދަތުރުފުޅު ބެލްގްރޭޑްގައި ހުންނަ ޗައިނާގެ އެމްބަސީއަށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކަށް 25 އަހަރު ފުރުމުގެ މުނާސަބަތާ ދިމާވެއެވެ. ސާބިއާގެ ނޫހެއް ކަމަށްވާ ޕޮލިޓިކާގެ އެޑިޓޯރިއަލްއެއްގައި ރައީސް ވަނީ އެ ހާދިސާއާ ގުޅިގެން އިހުސާސްތައް އަދިވެސް ބޮޑު ކަމަށް ސާފުކޮށްދެއްވާފަ އެވެ.
"އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނައްތާލަން ނުޖެހޭނެ،" އޭގައިވެއެވެ. “ޗައިނާގެ ރައްޔިތުން ސުލްހަވެރިކަން ލޯބިކުރާ ނަމަވެސް މިފަދަ ހިތާމަވެރި ތާރީޚެއް ތަކުރާރުވާން ދުވަހަކުވެސް އަޅުގަނޑުމެން ނުދޭނަން.”
އެ ބާވަތުގެ ވާހަކަތައް ގުގުމާލަނީ ސާބިއާގައި ކަމަށާއި، އެގައުމުގެ ގިނަ ބަޔަކު ނޭޓޯގެ މެމްބަރުކަމާ ދެކޮޅު ހަދާ ކަމަށެވެ. ޝީގެ ޔޫރަޕްގެ ދަތުރުގައި މި ހުއްޓުމަކީ ފުރިހަމަ މާނައެއް ދޭހަވާ ސަބަބެއް ކަމަށް ބެލެވޭ މުހިންމު ކަމެކެވެ.