ކެންޔާގެ ވެރިރަށް ނައިރޯބީއަށް އެރި ސައިކްލޯން އާއިއެކު ގެތައް ބިމާއިހަމަވެފައި

ދުނިޔެ

އެފްރިކާ/ކެންޔާ: "ހިދާޔާ" ސައިކްލޯން އާއިއެކު ސަލާމަތީ ފިޔަވެޅެއްގެގޮތުން ނައިރޯބީގެ ނައިރޯބީކައުންޓީ ގެތަށް ބިމާއިހަމަކޮށްފި

އަލީ އަޒްޔަން - އެފްރުކާ | 4 މެއި 2024 , ހޮނިހިރު 08:02   454

ކެންޔާގެ ވެރިރަށް ނައިރޯބީ އަށް އަރަމުންދާ "ހިދާޔާ" ސައިކްލޯން ތޫފާނުގައި، ނައިރޯބީ ކައުންޓީގެ އެކި ހިސާބުތަކުގައި އެތައް ސަތޭކަ ބައެއްގެ ގެދޮރު ތަޅާލާތަން ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެޤައުމުގެ ސަރުކާރުން ގެތަށް ތަޅައި ބިމާއިހަމަކޮށްފައިވަނީ އިރުމަތީ އެފްރިކާއަށް ގިނަ ހަފްތާތަކެއް ވަންދެން ގެއްލުން ލިބިފައިވާ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކޯރުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވެސް ގެދޮރު ދޫކޮށް އުސް ބިންތަކަށް ބަދަލުވުމަށް ސަރުކާރުން އަމުރު ކުރުމަށްފަހުއެވެ.

ސަރުކާރުން ވަނީ ވަކި ސަރަހައްދުތަކުގައި ތިބި މީހުންނަށް 24 ގަޑިއިރުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު ހުކުރު ދުވަހުގެ ހަވީރު ހަމަވެފަ އެވެ.

މިކަމުގެ ސަބަބުން ގިނަބަޔަކަށް ކުއްލި ޙައިރާންކަމަކާއި، ބޮޑު ސިހުމެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ގިނަބަޔަކު ބުނަނީ އެއީ އިންސާފުވެރިގޮތެއް ނޫންކަމަށެވެ.

ސިފައިންގެ ބަހެއް ލިބިފައިނުވިނަމަވެސް ސަރުކާރުން ވަނީ އިތުރު ބަޔަކު މަރުވުމުގެކުރިން އެކަން ހުއްޓުވުމަށް ގެތަށް ތަޅާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެފައެވެ.

އަދި ކޯރެއްގެ އައްސޭރީގެ 40 މީޓަރުގެ ތެރޭގައި އުޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ސައިކްލޯން އާއިއެކު އުދައެރުމުގެ ސަބަބުން އެޤައުމުގައި 210 އެއްހާ މީހުން މަރުވެފައިވާއިރު، އިތުރު 90 މީހަކު ގެއްލިފައިވާ ކަމަށް އެންމެ ފަހުގެ ރަސްމީ އަންދާޒާތަކުން ދައްކައެވެ. ހަމަ މިހަފްތާގައި ވެރިރަށް ނައިރޯބީ ކައިރީގައި އޮންނަ ރަށްތަކަށް ފެންބޮޑުވެ 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

މުޅި މަސް ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު 178 ޑޭމް އާއި ފެން ރައްކާކުރާ ތަނެއް ފުރިގެން ދިއުމުގެ ނުރައްކާ ބޮޑު ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިންޒާރު ދީފަ އެވެ.

އެޤައުމުގެ މޫސުމާ ބެހޭ އިދާރާ، ޓީއެމްއޭ އިން ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ބެލެވެ އެވެ. ފެންބޮޑުވުމުގެ ސަބަބުން މިހާރު ވަނީ 155 އެއްހާ މީހުން މަރުވެފައެވެ.

ޓެގްސް: އެފްރިކާ ބައްރު ކެންޔާ ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.