ހުޅަނގު އޮސްޓްރޭލިޢާގެ ގޮނޑުދޮށުގައި ތާށިވެފައިތިބި ޕައިލެޓް ވޭލްތަކެއް

ދުނިޔެ

އޮސްޓްރޭލިއާގެ ގޮނޑުދޮށުން 100 އަށްވުރެގިނަ ވޭލްސް ސަލާމަތްކޮށްފި

އަލީ އަޒްޔަން - އޮސްޓުރޭލިއާ | 25 އޭޕުރިލް 2024 , ބުރާސްފަތި 15:43   664

އޮސްޓްރޭލިއާގެ ގޮނޑުދޮށުން 100 އަށްވުރެގިނަ ވޭލްސް ސަލާމަތްކޮށްފިއެވެ.

100 އަށް ވުރެ ގިނަ ޕައިލެޓް ވޭލް ސަލާމަތް ކުރުމަށް ހިންގި ބޮޑު އޮޕަރޭޝަނެއް ބުރާސްފަތި ދުވަހު ކާމިޔާބީތަކާ އެކު ނިންމާލާފައިވަނީ، އެތަކެތި އަނބުރާ ކަނޑަށް ގެންދިއުމަށްފަހުއެވެ.

ޕާތުގެ ދެކުނުގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޑަންސްބޮރޯގައި އޮންނަ ގޮނޑުދޮށަށް ރެސްކިއު ޓީމުތައް ދުވެފައި ގޮސް ވޭލްތައް ބަލަހައްޓައި މުޅި ސަރަޙައްދު މޮނިޓަރކޮށްފައިވެއެވެ.

ޖުމްލަ 130 ވޭލް އަނބުރާ ކަނޑަށް ގެނެސްފައިވާކަމަށް ޕާކްސް އެންޑް ވައިލްޑްލައިފް ސާވިސް ވެސްޓަން އޮސްޓްރޭލިއާ (ޑީޕީއޭޑަބްލިއު) ޑިޕާޓްމަންޓުން ބުނެފައިވެއެވެ. އެހެންނަމަވެސް މަދުވެގެން 28 ވެލް މަރުވެފައިވެއެވެ.

ވެލް ޕޮޑްސް ސަލާމަތް ކުރުމުން ވެސް އަނެއްކާވެސް އެނބުރި އައިސްދާނެތީ، އެސަރަޙައްދު އަންނަނީ އިތުރަށް ބަލަމުންނެވެ.

އެހެން ވެލް ބާވަތްތަކެކޭ އެއްފަދައިން ޕައިލެޓް ވެލް އަކީ ވެސް ވަރަށް ގިނައިން އެކަކު އަނެކަކަށް ބަލަހައްޓައިގެން ހާއްސަކޮށް ޕޮޑްގެ މެމްބަރަކު ބަލިވެއްޖެނަމަ ނުވަތަ އަނިޔާވެއްޖެނަމަ ވަރަށް ބޮޑަށް އަޅާލާ އެއްޗެކެވެ.

މިދިޔަ އަހަރު ސްކޮޓްލޭންޑްގައި ހިނގި މާސް ސްޓްރަންޑިންގ އިވެންޓެއްގައި 50 އަށް ވުރެ ގިނަ ޕައިލެޓް ވެލް މަރުވެފައިވެ އެވެ.

ޓެގްސް: އޮސްޓްރޭލިއާ ޖަނަވާރުން ސަލާމަތްކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.