ކޮމަންވެލްތު ގޭމްސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގަ

ކުޅިވަރު

2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ބޭއްވުމަށް މެލޭޝިއާއިން ދެކޮޅު ހަދައިފި

ދާނިޝް - މެލޭޝިޔާ | 26 މާރޗް 2024 , އަންގާރަ 11:57   106

2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ބޭއްވުމަށް މެލޭޝިއާއަށް ހުށަހެޅުނު ހުށަހެޅުމަށް މެލޭޝިއާއިން އެއްބަސް ނޫން ކަން އިއުލާނު ކޮށްފިއެވެ.

މެލޭޝިއާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ހަނާ ޔޯހް ހުކުރު ދުވަހު ވިދާޅުވީ ސަރުކާރުން އެގޮތަށް ނިންމީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން ސަޕޯޓިން ފަންޑުގެ ގޮތުގައި 100 މިލިއަން ޕައުންޑް (126.21 މިލިއަން ޑޮލަރު) ދޭން ހުށަހެޅުމުން މުޅި ހަރަދު ފޫނުބެއްދޭނެ ކަމަށް ނިންމުމަށް ފަހު ކަމަށެވެ.

"ކުޅިވަރު ކުރިއެރުވުމުގެ އިތުރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ސަރުކާރުން ސަމާލުކަން ދޭން ބޭނުންވޭ،" ޔޯހް ވިދާޅުވި އެވެ.

މެލޭޝިއާގެ އިގްތިސޯދާއި މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރިންގިޓްގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާއި ގުޅިގެން މި ހުށަހެޅުމަށް މެލޭޝިއާއިން ވަނީ ޚީޔާލު ބަދަލުވެފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މެލޭޝިއާގެ އޮލިމްޕިކް ކައުންސިލުން މީގެ ކުރިން ހުށަހެޅީ މި އިވެންޓުގެ ސްކޭލްޑައުން ވާޝަނެއް ބޭއްވުމަށެވެ.

މެލޭޝިއާއަށް މި މުބާރާތް ބާއްވަން އެންގީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުން މިދިޔަ އަހަރު ޚަރަދު ވާނެ ކަމަށް އަންދާޒާ ކުރެވޭ އަގު 6.9 ބިލިއަން އޮސްޓްރޭލިއަން ޑޮލަރު (4.5 ބިލިއަން ޑޮލަރު) އަރައިފައިވާ ކަމަށް ބުނެ އެ ސްޓޭޓުން ވަކިވުމާ ގުޅިގެންނެވެ. ވިކްޓޯރިއާގެ އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އިވެންޓް ކެންސަލް ކުރަން ޖެހުނު ހަރަދު އަންދާޒާއަކީ "މާބޮޑަށްދުތައް ލިޔެފައި، އަދި ދެފުށް ފެންނަ އެއްޗެއް ނުވާތީ" ކަމަށެވެ.

ކޮމަންވެލްތު ގޭމްސްގައި 70 އަށް ވުރެ ގިނަ ގައުމުތަކާއި ސަރަޙައްދުތަކުގެ އެތުލީޓުން ޖަމާވެއެވެ. އިނގިރޭސިވިލާތުގެ ބާމިންހަމްގައި 2022 ވަނަ އަހަރު މި ހަރަކާތް ކުރިއަށް ގެންދެވުނު އިރު އެއީ ދެކުނު އެފްރިކާގެ ޑާބަންގައި އެ އިވެންޓުގެ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުވުމުން ހޯސްޓް ކުރުމުގެ ހައްގު ނިގުޅައިގަތުމާ ގުޅިގެން އިނގިރޭސި ވިލާތަށް ލިބުނު ފުރުސަތެކެވެ.

އިނގިރޭސީންގެ ކިބައިން 1957 ވަނަ އަހަރު މިނިވަންކަން އިއުލާނުކުރި މެލޭޝިއާއިން 1998 ވަނަ އަހަރު ކުއަލަލަމްޕޫރުގައި ބޭއްވި ކޮމަންވެލްތު ގޭމްސް އާއި އެކު އެ ޤައުމުން ވަނީ ކޮމަންވެލްތް ގޭމްސް ބޭއްވުނު އެންމެ ފުރަތަމަ އޭޝިއާގެ ޤައުމަށް ވެގެން ގޮސްފައެވެ.

ޓެގްސް: ކޮމަންވެލްތް ގޭމްސް މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.