2000 ވަނަ އަހަރު މިސްވޯލްޑް ކާމިޔާބުކުރި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ

މުނިފޫހިފިލުވުން

ބޮލީވުޑް: ޕްރިޔަންކާ ބުނަނީ "ކޮންމެވެސް މީހެއްގެ ގާލްފްރެންޑާއިހެދި" ފިލްމުތަކުން އެކަހެރިވެފައިވާކަމަށް

އަލީ އަޒްޔަން - އިންޑިއާ | 27 އޭޕުރިލް 2024 , ހޮނިހިރު 12:37   712

ބާކީކުރުމާއި ކުރިމަތިުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ބުނެ ޕްރިޔަންކާ ޗޯޕްރާ ވަނީ އެކި ސަބަބުތަކާ ހުރެ ފިލްމުތަކުން ރިޖެކްޓް ކުރި ދުވަސްތައް އަނެއްކާވެސް ހަނދާންކޮށްދީފަ އެވެ.

ބޮލީވުޑްގެ އެކްޓަރު ޕްރިޔަންކާ ޗޯޕްރާ ވަނީ ދާދި ފަހުން ފިލްމު އިންޑަސްޓްރީގައި ރިޖެކްޝަންތަކާ ކުރިމަތިލާން ޖެހުނު ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. ރޯލްތަކަށް ރިޖެކްޓް ކުރި ހާދިސާތައް ކިޔައިދީ، ހަމައެކަނި އޭނާގެ ބަދަލުގައި ‘ކޮންމެވެސް މީހެއްގެ ލޯބިވެރިޔާ’ ކުޅެން ޖެހުމުން ފުރުސަތެއް ގެއްލުނު އެއް ފަހަރު ނަކަލުކޮށްދިނެވެ.

ޕޮޑްކާސްޓް ރީޑް ދަ ރޫމްގައި ޕްރިޔަންކާ ބުނީ ރިޖެކްޝަންތަކާ މުއާމަލާތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އޭނަ ބުނީ، “އެއީ އުނދަގޫ ކަމެއް. ހާއްސަކޮށް ވެލިޑޭޝަންގެ މައްޗަށް ބިނާވެފައިވާ ވަޒީފާއެއްމީ. ތިބާގެ ފިލްމު ބަލަން ކިތައް މީހުން ވިޔަސް ނުވަތަ ތިބާގެ ޕާފޯމަންސްއާ މެދު ތިބާގެ ޑައިރެކްޓަރު ދެކޭގޮތް ކަމުގައި ވިޔަސް ނުވަތަ ތިބާގެ ކާސްޓިން އެޖެންޓް ހީކުރާ ގޮތް ކަމުގައި ވިޔަސް އެ ހުރިހާ ކަމެއް ވެސް އެކަހެރި މިވަނީ”

“ފިލްމީ އިންޑަސްޓްރީގައި އެހާ ގިނަ ރިޖެކްޝަންތަކެއް އަހަންނަށް ފެނިފައިވަނީ އެތައް ސަބަބަކާ ހުރެ. އަހަރެން އެ ރޯލަށް ރަނގަޅެއް ނޫންތޯ، އެއީ ފޭވަރިޒަމް ނޫންތޯ، އެކިކަލަ ގޮތްގޮތަށް ދިމާވި އެތައް ސަބަބެއް އެބަހުރި." ޕްރިޔަންކާ އިތުރަށް ބުނެފައިވެއެވެ.

ކަންމިހެން ހުރިނަމަވެސް ޕްރިޔަންކާ ހުރީ ދޫކުރާގޮތަކަށް ނޫނެވެ. ކުރިންވެސް މިފަދަ ކަންކަމާއި ކުރިމަތިލީހެން މިކަމާއި ކުރިމަތިލުމުގެ ހިތްވަރުގައެވެ.

މީގެ ކުރިން ސިމީ ގަރެވާލް އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ ބޮލީވުޑްގެ އެއްވެސް މީހަކު އޭނާއާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ހިއްސާކޮށްފަ އެވެ. އުމުރުން 18 އަހަރުން ފެށިގެން ގާތްގަނޑަކަށް އަހަރާއި ބައި ވަންދެން ފުރިހަމައަށް ރިޖެކްޓްވުމުގެ މަރުހަލާއެއް ސިފަކޮށް، ފުރަތަމަ ދެތިން އަހަރަކީ ހަގީގަތުގައި ވެސް ގޯސް އަހަރެއް، ސަބަބަކީ އަހަރެން އެއްވެސް މީހަކަށް އިތުބާރު ނުކުރާތީ- އެއީ ފިލްމު ވީ ރަނގަޅަށް، ކޮންކަމެއް ނުކުރަން. އަހަރެންގެ އެއްވެސް ފިލްމެއް ނުފެށޭ މަރުހަލާއެއް އޮވެގެން އަހަރެން މިތަނުގައި ކީއްކުރަނީ ބާއޭ ހިތަށް އަރާ.”

ޓެގްސް: ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.