ފިލްމުގެ ޕޯސްޓަރެއް

މުނިފޫހިފިލުވުން

ބޮބް މާލީ، ބޮކްސް އޮފީހުގެ އެންމެ އުހުގައި

އަލީ އަޒްޔަން - ދުނިޔެ | 24 ފެބުރުއަރީ 2024 , ހޮނިހިރު 14:43   592

ބޮބް މާލީ: ވަން ލަވް މި ހަފްތާ ބަންދުގައި ބޮކްސް އޮފީހުގައި ޑޮމިނޭޓް ކުރާނެ ކަމަށް ބެލެވެނީ 12-14 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.

ބޮބް މާލީ: ވަން ލަވް ބޮކްސް އޮފީހުގެ ރެކޯޑް މުގުރާލައި، މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ވެލެންޓައިންސް ޑޭ އޯޕަނަރ އަށް - އެއް ދުވަހުގެ ތެރޭގައި 14 މިލިއަން ޑޮލަރު ހޯދައިގެނެވެ.

ހަފްތާ ބަންދުގައި ބޮކްސް އޮފީހުގެ ޕްރެޑިކްޝަންސް ދައްކަނީ، ބޮބް މާލީ: ވަން ލަވް އަނެއްކާވެސް ޖެހިޖެހިގެން ދެވަނަ ހަފްތާއަށް ކުރީގައި އޮތްކަމށެވެ. ޓައިޓޫލާ ރެގޭ ސްޓާ ބޮބް މާލީ، ބޮބް މާލީ: ވަން ލަވްގެ ލީޑް ރޯލުން ފެނިގެންދާނީ ކިންގްސްލީ ބެން-އަދީރު، ލަޝާނާ ލިންޗް، ޓޮސިން ކޯލް، އަދި ޖޭމްސް ނޯޓަންގެ ދިރިއުޅުމާއި މަސައްކަތްތަކެވެ.

ރެގޭ އައިކޮން ބޮބް މާލީ އެކިއެކި ދަތި އުނދަގޫތަކާއި މުސީބާތްތަކުން އަރައިގަތް ގޮތުގެ ވާހަކައާއި، އޭނާގެ އިންގިލާބީ މިއުޒިކުގެ ފަހަތުގައިވާ ދަތުރު މި ފިލްމުން ދައްކައިދެއެވެ.

ފިލްމު ފަށަނީ ޒުވާން ރޮބަޓް ނެސްޓާ މާލީ (ނޯލަން ކޮލިގްނަން) އެއް ގެއިން އަނެއް ގެއަށް ބަހެއްގައި ދަތުރުކުރާއިރު އޭނާގެ މަންމައާ ގުޅިގެންނެވެ.

ބޮބް މާލީ އަކީ މިއަދު ވެސް ޖެމެއިކާގެ އެންމެ ބޮޑު ތަރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަރިއެވެ. އޭނާ ބޮޑުވީ ގްރޭޓް ބްރިޓަންގެ އަތުން އެގައުމަށް މިނިވަންކަން ލިބުނު ފަހުން 70 ގެ އަހަރުތަކުގެ ތެރޭގައި ޖެމެއިކާގައި އަނިޔާވެރި ދުވަސްވަރެއްގެ ވަށައިގެން ނިކަމެތި ފެށުމަކުންނެވެ.

އޭނާ 1981 ވަނަ އަހަރު ދުނިޔެ ދޫކުރީ ޢުމުރުން އެންމެ 36 އަހަރުގައެވެ.

ޓެގްސް: ބޮކްސްއޮފީސް ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.