ބައެއް މީހުންނަށް އެނިމަލް ކަމުނުދިޔަ ނަމަވެސް ބޮކްސް އޮފީހުން ސާބިތުކޮށްދެނީ ފިލްމަށް އޮތް ލޯބި

މުނިފޫހިފިލުވުން

ބައެއް މީހުންނަށް އެނިމަލް ކަމަކުނުދިޔަ - ރަންބީރު ކަޕޫރު

ހުސެން ހަމްދާން - އިންޑިއާ | 9 ޖެނުއަރީ 2024 , އަންގާރަ 08:02   792

ބައެއް މީހުންނަށް އެނިމަލް ކަމުނުދިޔަ ނަމަވެސް ބޮކްސް އޮފީހުން ސާބިތުކޮށްދެނީ ފިލްމަށް އޮތް ލޯތްބެވެ.

ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެ ބަޔަކު މިސޮޖިނިސްޓިކް އަދި އަނިޔާވެރި ފިލްމެއްގެ ގޮތުގައި ލޭބަލް ކުރި ނަމަވެސް 2023 ވަނަ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމުތަކުގެ ތެރޭގައި އެނިމަލް ފާހަގަކޮށްލެވެއެވެ.

އެކްޓަރު ރަންބީރު ކަޕޫރު ފިލްމު ގެ ކާމިޔާބީ ޕާޓީގައި ޝުކުރު އަދާކޮށް ފާޑުކިޔުންތަކަށް މުޚާތަބުކޮށް އަލިއަޅުވާލީ އަންހެނުންނާ މެދު އަނިޔާވެރި ފިލްމެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް، ދުނިޔޭގެ 900 ކްރޯޑް ރުޕީސް އަށް ވުރެ ގިނަ އާމްދަނީ ބޮކްސް އޮފީހުގައި ހޯދިކަމެވެ. މި ލިބުނު ކާމިޔާބީން ދައްކުވައިދެނީ ފިލްމަށް ބެލުންތެރިންގެ މެދުގައި އޮތް ލޯބިކަމެވެ. ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރި "އެނިމަލް" 2023 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ހިންދީ ފިލްމުގެ ގޮތުގައި ފާހަގަކުރިއިރު، ފިލްމާ ގުޅޭ މައްސަލަތައް ހުރި މީހުންގެ ބައި ގަބޫލުކުރިކަން ކަޕޫރު ފާހަގަކުރިއެވެ.

ފިލްމުގެ ކާސްޓުންނާއި ކްރޫއިން ބައިވެރިވި ކާމިޔާބީ ޕާޓީގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް، ރަޝްމީކާ މަންދާނާވެސް ބައިވެރިވިއެވެ. އަދި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ވަނީ ފިލްމުގެ ކާމިޔާބީއަށް އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ރެޑީ ވަންގާ ވަނީ މުޅި ޓީމުގެ ބުރަ މަސައްކަތަށް އިއުތިރާފުވެ، "އެނިމަލް" ގެ ކޮންމެ ކެރެކްޓަރެއްގެ މުހިންމުކަމަށް އަލިއަޅުވާލައި، ޕްރޮޑިއުސަރާއި ލަވަކިޔުންތެރިޔާ އަދި މިއުޒީޝަނުނަށްވެސް ޝުކުރު އަދާކޮށްފައެވެ.

ފިލްމުގައި ފާހަގަކޮށްލެވޭ ރޯލެއް އަދާކުރި ބޮބީ ޑިއޯލް ވަނީ "އެނިމަލް" ގެ ކާމިޔާބީއަށް ރެޑީ ވަންގާއަށް ކްރެޑިޓް ދީ، ޑައިރެކްޓަރުގެ ތަސައްވުރާއި ޔަގީންކަން ފާހަގަކޮށްފައެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.