ފޭދޫ ދާއިރާގެ މެމްބަރު އައިބީ ފެންވަދެފައިވާ ގެތަކަށް ޒިޔާރަތްކުރައްވާ ފެންހިއްކުމުގައި ބައިވެރިވެވަޑައިގަންނަވަނީ

ހަބަރު

އައްޑޫސިޓީ: މޫސުމް ގޯސްވެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކައް ފެނުގެ އަސަރުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 26 އޭޕުރިލް 2024 , ހުކުރު 23:46   1546

އައްޑޫސިޓގައި ވަރަށް ބޮޑަށް މޫސުމް ގޯސްވެ ކުރަމުންދާ ވިއްސާރައިގައި، ބައެއް ސަރަޙައްދުތަކުގެ މަގުތަކުގައި ފެންބޮޑުވުމުގެ އިތުރުން، ބައެއް ގެތަކަށް ވެސް ފެން ވަދެފައިވާކަމަށް ކަމާއިގުޅޭ އިދާރާތަކުން ބުނެފިއެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީކައުންސިލުން ވެސް ވަނީ ސަމާލުގެ ނޯޓިސްއެއް ނެރެފައެވެ.

ނެރެފައިވާ ބަޔާނުގައިވާގޮތުން އައްޑޫގައި މިވަގުތު މަގުހެދުމުގެ ބިޔަ ޕްރޮޖެކްޓްތަކެއް ހިނގަމުން ދިއުމާއިއެކު، ކޮނެފައިވާ މަގުތަކުގައި ޙަރަކާތްތެރިވުމުގައި ސާމާލުކަން ދެއްވުމަށް އިރުޝާދުދެއްވާފައިވެއެވެ.

މިރޭ، ފެންބޮޑުވެފައިވާ ފޭދޫގެ ގެއެއްގައި ފެންހިއްކުމުގެ މަސައްކަތްކުރާ މަންޒަރު

ފެން ބޮޑުވެފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އެމްއެންޑީއެފް އާއި ފުލުހުން ވެސް އަންނަނީ ޙަރަކާތްތެރިވަމުންނެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ މިރޭ 12 އާއި ހަމައަށް އައްޑޫ އަދި ފުވައްމުލަށް ހިމެނޭ ސަރަޙައްދަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ.

މޫސުމް އަންނަނީ މިހާރު މަޑުމަޑުން ރަނގަޅުވަމުންނެވެ. ނަމަވެސް މާދަމާގެ ވަޤުތުތަކުގައި ވެސް ވިއްސާރަވާނެކަމަށް ލަފާކޮށްފައިވެއެވެ.

ޓެގްސް: ވިއްސާރަ ފެންބޮޑުވުން އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.